ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާމާނު ފެނުނަސް ޑިންގީއެއް ނުފެނޭ، ސީދާ އެކްސިޑެންޓު ހިނގި ސަރަހައްދު އަދި ލޮކޭޓު ނުކުރެވޭ: ކޯސްޓްގާޑު

ލޯންޗަކާއި ޑިންގީއެއް ޖެހި، ގެއްލުނު މީހާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯންޗަކާއި ޑިންގީއެއް ޖެހި، ގެއްލުނު މީހާ ހޯދުމަށް ހެލިކޮޕްޓަރާއި ރޮބަޓް ބޭނުން ކޮށްގެން ކަނޑު ސަރަހައްދު ބަލަން ފަށާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފިއެވެ.

ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި ބ. އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނީ ޑިންގީން ދަތުރުކުރި އޭދަފުށީ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، އެވެ. ޑިންގީއިން ދަތުރުކުރީ ތިން މީހެކެވެ. އޭގެ ތެރެއިން ފެނިފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް އަހުމަދު މުޖުތަބާ މުހައްމަދު ވިދާޅުވީ ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 7 ޖަހާހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއި އެކު، ޅ. މާފިލާފުށީގައި އޮތް ކޯސްޓުގާޑުގެ ފާސްޓް އިންޓަސެޕްޓާރ ކްރާފްޓެއް ކަމަށްވާ “ފާމުލަދޭރި” ޑައިވަރުންނާއި އެކު ޑިސްޕެޒް ކުރެވުނު ކަމަށެވެ. އަދި އޭގެ އިތުރުން ކޯސްޓްގާޑުން އޮޕަރޭޓު ކުރަމުންދާ ބ އަތޮޅުގެ ސީ އެމްބިއުލާންސް ވެސް ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށެވެ.

ލޯންޗަކާއި ޑިންގީއެއް ޖެހި، ގެއްލުނު މީހާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް

އެކްސިޑެންޓު ހިނގި ސަރަހައްދަށް ދެވުމާއި އެކު، ނަސްރުﷲ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިގެން ދިޔަކަން މުޖްތަބާ ވަނީ ފާހަގަކުރައްވާފައެވެ. މައުލޫމާތު ލިބުމާއި އެކު، ބ އަތޮޅުގެ ރަށްތަކާއި އަދި ކައިިރި ރިސޯޓުތައް ހިމެނޭހެން 15 އަށްވުރެ ގިނަ އުޅަނދުތައް ނަސްރުﷲ ހޯދުމުގައި ހަރަކާތްތެރިވި ކަމަށް މުޖްތަބާ ވިދާޅުވިއެވެ. އެއާއި އެކު އެ ސަރަހައްދުގައި އުޅުނު އެހެން ޑައިވަރުންނާއި އެކު، ޑައިވްއެއް ކޮށްފައިވާނެ އޭނާ ވިދާޅުވިއެވެ.

މުޖްތަބާ ވިދާޅުވީ މިއަދު ދުވާލު އަނެއްކާވެސް މަސައްކަތް ފެށިގެން ދިޔައީ، ކުރެވުނު ދެވަނަ ޑައިވްއަކުން ކަމަށެެވެ. ރޭ ދަންވަރު ހުޅުމާލެއިން ފުރައިގެން، ކޯސްޓްގާޑް ޝިޕް “ޝަހީދު އަލީ” ވެސް އޮޕަރޭޝަންގައި ހަރަކާތްތެރިވުމަށް ގެނެސްފައިވާނެ ކަމަށާއި އިތުރު ޑައިވަރުންނާއި ރިމޯޓް އޮޕަރޭޓެޑް ވެހިކަލްވެސް ބޭނުންކޮށްފައިވާނެ ކަން ފާހަގަކުރެއްވިއެވެ.

“ދެން އޭގެ އިތުރަށް އަޅުގަނޑުމެންގެ ދެ އުޅަނދެއް، ކޯސްޓްގާޑް ޑިޕް ޝަހީދު އަލީ އާއި ކޯސްޓް ގާޑް ފާސްޓް އިންޓަސެޕްޓާރ ކްރާފްޓު އަދި ހާބަރ ކާރާފްޓެއް ވެސް މިހާރު އެދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. އަދި އެ ސާޗަށް ހެލިކަޕްޓެއް ވެސް ވަނީ ފުރުވާލެވިފައި. އެ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރުގެ ސާޗެއް ކުރާނެ. އެ ނެޗުރަލް އަތޮޅުގެ ގާތްގަނގަކަށް ތިންބައި ކުޅު ދެބައި ސަރަހައްދެއް ވައިގެ މަގުން ބަލާނެ. އެ ސަރަހައްދު މި ބަލަނީ، އެ ސާފޭސްގަ މީހާ ފްލޯޓު ވާނަމަ އެ ފެންނާނެ. ނުވަތަ ވިލެއް ކަހަލަތަނެއްގަ ނުވަތަ އަޑީގައި އޮތަސް ވައިގެމަގުން ބަލައިގެން ފެންނާނެތީ” މުޖްތަބާ

މުޖްތަބާ ވިދާޅުވީ، ސާޗިކް އޮަޕަރޭޝަންގައި 120 ސްކޮއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މިއަދު އާރްއޯ ވީރަސް ބޭނުންކޮށްގެން އެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުޖްތަބާ ވިދާޅުވީ އެކްސިޑެންޓް ހިނގި ސަރަހައްދަކީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަންގަ ފަރުކައިރިން ހިނގި އެކްސިޑެންޓެއްކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް، ދިމާވާ އެންމެ ބޮޑު އެއް ދައްޗަކަކީ ސީދާ ޕިން ޕިޮއިންޓު، ނުވަތަ އެކްސިޑެންޓު ހިނގި ސީދާ ސަރަހައްދު ނޭނގޭތީ ކަމަށެވެ.

ލޯންޗަކާއި ޑިންގީއެއް ޖެހި، ގެއްލުނު މީހާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް

ކަނޑުގެ އަޑިންނާއި ކަޑުންގެ މަތީން އަދި ވައިގެ މަގުން އޮޕަރޭޝަން ކުރިޔަށް ގެންދާއިރު މުޖުތަބާ ވިދާޅުވީ އޮޕަރޭޝަން ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ. ސާޗް އޮޕަރޭޝަންގައި ފުލުހުންނާއި، އެ ސަރަހައްދުގެ ރިސޯޓުތައް ކަމަށްވާ ދުސިއްތާނީ، ކިހާ އަދި ދަރަވަންދޫ އާއި ކައިރިރަށްތަކުގެ ޑައިވަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން މުޖްތަބާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މުޖްތަބާ ވިދާޅުވީ މިހާތަނަށް ކުރި ތަހުގީގުގަށް އެނގިފައިވާގޮތުން، ދެ އުޅަނދުވެސް އައީ ދުއްވަމުން ކަމަށެވެ. އެގޮތުން، ލޯންޗު އުތުރުން ދެކުނަށް ދުއްވަމުން އައިއިރު ޑިންގީ ދުއްވަމުން އައީ ދެކުނުން އުތުރަށް ކަހަލަ ގޮތަކަށް ކަމަށެވެ. އެހެން ނަމަވެސް، އޭގެ އިތުރު މައުލޫމާތުތައް އެނގިގެންދާނީ ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށްފަހުގައި ކަމަށް މުޖްތަބާ ވިދާޅުވިއެވެ.

މިފަދަ ހާދިސާތައް މަދު ކުރުމަށްޓަކައި ލައިފް ޖެކެޓް އެޅުމާއި ރޭގަނޑު ދަތުރު ކުރާއިރު ބޭނުން ކުރަންޖެހޭ ފަދަ ލައިޓްތައް އުޅަނދުތަކުގައި ހަމަކޮށްގެން ދަތުރު ކުރަން މުޖްތަބާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: