ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 އަހަރުގެ ކުއްޖާ ވަނީ ވެކްސިން ފުރިހަމަކޮށްފައި، ބައްޔަށް ނެގެޓިވް

އުމުރުން 17 އަހަރުގެ ކުއްޖާ ހިމަ ބިއްސަށް ނެގަޓިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ހިމަބިއްސަށް ނެގަޓިވް ވެއްޖެކަމަށް ހެލްތު މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް  މިނިސްޓްރީއިން ބުނެފައިވަނީ އެކުއްޖާގެ ޓެސްޓުތައް ނެގެޓިވް ކަމަށާއި، އެއީ ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖެއް ކަމަށެވެ. ރާއްޖެއިން ނައްތާލެވުނު ހިމަބިހި އަލުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފައެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ. އަދި ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ރާއްޖެއިން ހިމަބިހި އެންމެފަހުން ފެނިފައިވަނީ މީގެ 11 އަހަރު ކުރީންނެވެ. ކުށްލިގޮތަކަށް ރާއްޖެއިން ހިމަބިހި ފެންނަން ވީ ސަބަބެއް އަދި އެނގިފައިނުވާއިރު މިހާތަނަށް ހިމި ބިހި ފެނުނު ދެ މީހުން ވެސް ރާއްޖެއިން ބޭރަށް ވޭތުވެ ދެ މަހެއް ހާ ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެން ކަމުން އެ ކުއްޖާއަށް ބަލިޖެހެން މެދުވެރިވީ ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް، އަލުން ފެނުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ އަމީން ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ މި ބަލި އަލުން ރާއްޖެއަށް ފެތުރިގެންދާނެ ކަމަށް ބަލައިގެންނެއް ނޫން ކަމަށެވެ.

މިވަގުތަށް ބޭނުންވާ ވެކްސިން ރާއްޖޭގައި ހުރި ނަމަވެސް އިތުރަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމުގެ ކަންކަން ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ރާއްޖެ އަށް ވެކްސިން ގެންނަން ގިނަވެގެން ނަގާނީ 10 ދުވަސް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: