ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގްރޫޕް” މާރާމާރީއަކާ ގުޅޭ ދެ މީހަކު ފުލުހުންގެ ހައްޔަރަށް!

ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯގެ ސްކްރީން ޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ނުވަ ވަނަ ދުވަހު މާލޭގެ ބޮޑުތަކުރުފާނު މަގު، ކުރީގެ ފޮރިން މިނިސްޓްރީ ކައިރިން ޒުވާނަކަށް ގުރޫޕަކުން އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މާލޭގައި އެރޭ ހިނގައިދިޔަ ހާދިސާ ފެނުނު މީހަކު “ސަންގު” އާއި ހިއްސާ ކުރަމުން ބުނެފައިވަނީ އެރޭ ގުރޫޕަކުން ހަމަލާ ދިނީ އެކަކަށް ނޫން ކަމަށެވެ. ވީޑިއޯއިން ފެންނަނީ އެކަކު ނަމަވެސް، އެންމެ ފުރަތަމަ އެ ޒުވާނާއާއި އެކު އިތުރު މީހަކަށް ވެސް އަނިޔާ ކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އޭރު އެ ދެ މީހުންނަށް ހަމަލާ ދެމުން ދިޔައީ ބޮޑު ގްރޫޕަކަށް ނޫން ވުމާއި އެކު އެތަނުން އެކަކު ސަލާމަތް ވެގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެރޭގެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަގޮތުން އެ ޒުވާނާއަށް ސައިކަލުގައި އަންނަ ބަޔަކު ވެސް އަނިޔާ ކުރެއެވެ. ގާތްގަނޑަަކަށް 10 ވަރަކަށް މީހުންގެ ގުރޫޕަކުން އަނިޔާކޮށްފައިވަނީ 19 އަހަރުގެ ޒުވާނަކަށެވެ.

އެ މައްސަލައާއި ބެހޭ ތަހުގީގު ކުރިޔަށް ދާ ގޮތުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުގައި މަރާމާތަށް ބަންދު ކޮށްފައިވާ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީ މި މަހުގެ ނުވަ ވަނަ ދުވަހު ރޭ ދަންވަރު މީހަކަށް ގްރޫޕަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް އެކެއްގެ ބަންދަށް ފަސް ދުވަސް، އަދި ދެވަނަ މީހާގެ ބަންދަށް 12 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އާއްމުވެގެން ދިޔަ 49 ސިކުންތުގެ އެ ވީޑިއޯގައި އެ ޒުވާނާއަށް އަނިޔާ ކުރުމުން، މާލޭގައި ހަރަކާތްތެރިވާ “ގްރޫޕެއް” ގެ ނަން ބުނުމަށްފަހު އެ މީހުން އެހެން ތަނަކަށް ގޮސް އުޅުމަށް ބުނެއެވެ.

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު ދިއުމުންނެވެ. އަދި އަނިޔާ ލިބުނު ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު ވެސް ފެނެ އެވެ. ފުލުހުން ވަނީ، މައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށް ދާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: