ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮތް ނޭނގޭ އެތައް ބިދޭސީންތަކެއް: މިނިސްޓްރީއިން ބޭނުންވަނީ ބިދޭސީންވެސް ވެކްސިން ޖަހަން ލާޒިމް ކުރަން!

ނުރައްކާތެރި ބަލިތައް ފެތުރުން، ގޮތް ނޭނގޭ އެތައް ބިދޭސީންތަކެއް އެބަތިބި
ޝެއާރކޮށްލާ ކަހަލަދޯ؟

ނައްތާލާފައިވާ ހިމަބިހި ކުށްލިގޮތަކަށް ފެނުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ބަލިން ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކީ ވެސް ބަލިތަކުން ރައްކާތެރިވުމަށް ދޭންޖެހޭ ވެކްސިން ދީފައިވާ މީހަކަށް ލާޒިމް ކުރުން މުހިންމުކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފައެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ. އަދި ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ރަސްމީކޮށް އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ރާއްޖޭގައި އެއްވެސް ރިކޯޑެއް ނެތް ބިދޭސީން ތިބިއިރު އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މުޖްތަމައުގެ ތެރޭގައި އުޅޭ ބައެއްގެ ސަަބަބުން އޭގެ ގެއްލުމެއް ނުވަތަ ނުރައްކަލެއް ރައްޔިތުންނަށް ނެތް ކަން ޔަގީން ކުރަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

“މިހާތަނަށް އައިއިރު އެވާހަކަތައް ދެކެވި އެހެންނަމަވެސް ހިމަބިހީގެ މައްސަލަ ފެންމަތިވީމާ މިކަމަށް އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނެ. މިހާރު އޮތް ނިޒާމުގެ ތެރެއިން ބިދޭސީންނަށް ވެސް ވެކްސިން ދެވޭނެ. އަޅުގަނޑުމެން ލާޒިމްކުރަން ބޭނުންވޭ ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކާ އަދި ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ދޭންޖެހޭ ވެކްސިން ދިނުން” އަމީން

އަމީން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާ އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބައެއްކަން ޔަގީން ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތްތާ ކުރައްވާނެ ކަމަށެވެ.

އަމީން ވިދާޅުވީ އެކަންކަން ލާޒިމުކުރުމަށް ވިސާ ދޭ ޕްރޮސަސްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މި ވަގުތަށް އޮތް އަމާޒަކީ ހިމަބިހި އިތުރަށް ފެތުރިގެން ދިއުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ރައްޖޭގައި ދެ ލައްކައެއް ހާ ބިދޭސީން އުޅެމުންދާއިރު އޭގެ ތެރޭގައި ގިނައީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ. އަދި އެ މީހުން އެތެރެވާއިރު އެއްވެސް ބައްޔެއް ހުރިތޯ ދެނެގަތުމުގެ ރަނގަޅު މެކޭނިޒަމްއެއް ނެތުމަކީ ގިނަ ބަައެއްގެ ކަންބޮޑުވުމެކެވެ.

“ބިދޭސީންގެ ކަންތަކަކީ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަމެއް. އެކަމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް މިހާރު އެބަ ކުރިއަށްދޭ” އަމީން

ރާއްޖެއަކީ އަހަރަކު އެތައް ލައްކަ ފަތުރުވެރިންނެއް ޒިޔާރަތް ކުރާ ގައުމަކަށް ވާއިރު، ރާއްޖޭގެ އެތައް ބަޔަކު އެކި ގައުމުތަކަށް ދަނީ ދަތުރު ކުރެއެވެ. އެހެން ކަމުން ނައްތާލުމުގެ މަގުމަތީގައިވާ ބަލިތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތައް ބަލައިގަތުން މުހިންމުކަން މިނިސްޓަރ ގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ.

މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: