ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭގެ “ހާސްމޭލު” ޗެލެންޖު ފުރިހަމަ ކުރި ދުވުންތެރިންނާއި މެޑަލް ހަވާލުކޮށްފި

ޗެލެންޖުގެ މެޑަލް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ކޮމްޕެނީގެ މުވައްޒަފުންގެ މެދުގައި “ހާސްމޭލު” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޗެލެންޖުގެ ބައިވެރިންނާއި ސެޓްފިކެޓު ހަވާލުކޮށްފިއެވެ.

ޑީކޭ ކޮމްޕެނީގެ ހުރިހާ މުވައްޒަފުންނަށްވެސް ބައިވެރިވެވޭ ގޮތަށް އެ ކެމްޕެއިން ކުރިޔަށް ގެންގޮސްފައިވަނީ ޑިސެމްބަރު 31 އަދި ޖެނުއަރީ 1 ގައެވެ.

އެގޮތުން މި ފަހަރުގެ ހަރަކާތުގައި 50 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާއިރު އޭޑީކޭއިން ބުނެފައިވަނީ އޭގެ ތެރޭގައި ގިނައީ ދުވުންތެރީންގެ ގޮތުގައި މުޅިން އަލަށް ނިކުތް މީހުން ކަމަށެވެ.

މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭޑީކޭއިން ފާހަގަކޮށްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި އެކު ކުޅިވަރުގެ ތެެރެއިން ތަފާތު އަދި މަޖާ މާހައުލެއް މުވައްޒަފުންނަށް ގެނެސްދިނުމެވެ.

ޗެލެންޖުގެ މެޑަލް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އޭޑީކޭ

އޭޑީކޭއިން ހާމަކޮށްފައިވާގޮތުން، 1000 މޭލުގެ ދުވުން ހަމަކުރުމަށް ބާއްވާ މި ޗެލެންޖުގެ އެ މޭލުތައް ފުރިހަމަ ކުރި ފަރާތްތަކާއި ވަނީ މެޑަލް ހަވާލުކޮށްފައެވެ.

އެގޮތުން 1000 މޭލު ފުރިހަމަކޮށްގެން 7 ދުވުންތެރިއަކު ގޯލްޑް މެޑަލް ހޯދާފައިވާއިރު، 750 މޭލު ފުރިހަމަކޮށްގެން 9 ފަރާތަކުން ވަނީ ބްރޯންޒް އަދި ސިލްވާ މެޑަލް ހޯދާފައެވެ. އަދި 500 މޭލު ހަމަކޮށްގެން 12 ދުވުންތެރިއަކު ވަނީ ބްރައުންޒް މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން މަދުވެގެން ދުވުމުގެ 100 މޭލު ފުރިހަމަ ކުރި އިތުރު މުވައްޒަފުންނާއި ވަނީ ސެޓްފިކެޓު ހަވާލުކޮށްފައެވެ.

އޭޑީކޭއިން ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް 111 ކިލޯ މީޓަރގެ ދުވުން ހަމަކުރުމަށް ޗެލެންޖެއް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: