ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާގެ މުނި ކާފައަކީ ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހެއް، ދޫކޮށްފަ ބެހެއްޓީ “މުސްކުޅި” ވީމަ: ފުލުހުން

ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

2 އަހަރުގެ ކުއްޖާގެ މުނި ކާފައަކީ ޖިންސީ ފުރައްސާރަ ކުރުމުގެ ކުށުގެ ރެކޯޑު އޮތް މީހެއް ނަމަވެސް އެ މީހާ މުޖްތަމައުއަށް ދޫކޮށްލާފައި ހުރީ “މުސްކުޅި” ވުމާއި އެކު އޭނާގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށް ފުލުހުން ބުނެފިއެވެ.

2 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި މުޅި ގައުމު މި ވަގުތު އޮތީ ޝޮކެއްގެ ތެރޭގައެވެ. މައްސަލައިގައި ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހިމެނޭއިރު އާއްމުންނަށް އެނގިގެން ދިޔަ އެއްކަމަކީ އެތަނުން އެކަކީ އެއީ މީގެ ކުރިންވެސް މިފަދަ ދަށު ދަރަޖައިގެ އަމަލު ހިންގާފައިވާ މީހެއް ކަމެވެ. މިފަދަ ސީރިއަސް މައްސަލަތަކުގައި ޝާމިލްވާ މީހުން މުޖްތަމައުއަށް ދޫކޮށްފައި ހުރުމާއި ގުޅިގެން އެތައް ބައެއްގެ ރުޅިވެރިކަން ފުލުހުންނާއި، ޖެންޑާރ މިނިސްޓްރީއަށް އަމާޒުވިއެވެ.

ހޮނިހިރު ދުވަހު ފުލުހުންނާއި ޖެންޑާރ މިނިސްޓްރީ ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ނޫސްވެރިންވެސް ވަނީ އެތައް ސުވާލެއްކޮށްފައެވެ. އެހެން ނަމަވެސް އެންމެފަހުން ފުރުސަތަކަށް އެދިއެދި ތިއްބާ އެ ޕްރެސް ނިންމާލީއެވެ.

މައްސަލައިގައި ހިމެނޭ، ކުއްޖާގެ ކާފަ މުޖްތަމައުއަށް ދޫވެފައި ހުރުމާއި ގުޅޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރިއެެވެ. ކޮންމެ ނޫސްވެރިއަކުވެސް އެ ސުވާލު ކުރުމުން ޖަވާބު ނުލިބޭތީ އަނެއް ނޫސްވެރިޔާ ހަމަ އެ ސުވާލަށް ޖަވާބު ނުލިބޭކަމަށް ބުނެ ސުވާލު ކުރިއެވެ. ތަކުރާރުކޮށް ވެސް ސުވާލު ކުރުމުން، މުޅިންވެސް ޖަވާބުދިނީ ސުވާލުން ބޭރުންނެވެ.

އެންމެފަހުން ދޫނުކޮށް އެ ސުވާލު ކުރަން ފެށުމުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ކުއްޖާއަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެކުއްޖާގެ މުނިކާފަ މީގެކުރިންވެސް ކުއްޖަކަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އަހަރުކަމަށް މަންނާނު ވިދާޅުވިއެވެ. އެއަށްފަހު، މައްސަލައިގެ އެއް އަޑުއެހުން ބާއްވާފައިވާކަަމަށް މަންނާނު ވިދާޅުވިއެވެ.

މި މައްސަލައިގައި އޭނާ ބަންދުކޮށްފައި ނެތުމާއި، މިކަން ދިމާވީ އިހުމާލުގެ ސަބަބުން ކަމަށް ބުނުމުން މަންނާނު ވިދާޅުވީ އޭރު އޭނާ ހައްޔަރުގައި ނުބެހެއްޓީ “ހާލަތާއި، އުމުރަށް ބެލުމަށްފަހު” ގައި ކަމަށެވެ.

މައްސަލައިގައި ތުހުމަތުވާ ތިން މީހުން ދެ މީހުންނަށް ބަދަލުވެ، އެންމެ ފަހުން އެކެއްގެ ވާހަކަ ބަޔާނުގައި އޮތުމުން އެކަމާ ވެސް ނޫސްވެރިން ސުވާލު އުފެއްދިއެވެ. އަދި ކަމުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ކުުރުމުން މަންނާނު ވިދާޅުވީ ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ދެ މީހަކަށް ކަމަށެވެ. އެ މައްސަލާގައި ހިމެނޭ އެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތަކެއް ކަމަށެވެ. އިހުމާލުވީ ކުއްޖާގެ ބައްޕަތޯ ސުވާލު ކުރުމުން އެކަމަށް ވެސް ޔަގީންކަމެއް މަންނާނު ނުދެއްވިއެވެ.

ފުލުހުންނާއި ޖެންޑާރ އިން ރޭ ނެރެފައިވާ ބަޔާނެފައި ބުނެފައި ވަނީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުއްޖާގެ ބައްޕަ ފަރާތު ކާފައަށް ކުރެވޭ ކަމަށާއި މުނިކާފައަށް ކުރެވެނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: