ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެއިލްވެފައިވާކަން ސާބިތުކޮށްދީ، އޭރުން އިސްތިއުފާ ދޭނަން: ޝިދާތާ

ފެއިލްވެފައިވާކަން ސާބިތުކޮށްދީ، އޭރުން އިސްތިއުފާ ދޭނަން: ޝިދާތާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްތުއުފާއަށް ގޮވިޔަސް މަގާމުން ދުރުވާންޖެހޭ ކަމަށް ގަބޫލެއް ނުކުރާ ކަމަށާއި، ރައްޔިތުންގެ އިތުބާރެއް ނެތަސް އަމިއްލަ ނަފުސަށް އިތުބާރު އެބައޮތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކާއި އެކު މިފަދަ އެތައް މައްސަލައެއް ފާއިތުވީ ދެ ދުވަހުގެ ތެރޭގައި ވަނީ އާއްމުވެފައެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ނުކުރެވުމާއި އެކު އެ މައްސަލަތައް ކޯޓުގައި ދިގުލައިގެންދެއެވެ. ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި، އަނިޔާ ކުރުމާއި، ޖިންސީ، ޖިސްމާނީ އެތައް އަނިޔާއެއް ދިނުމުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

އެގުތުން، ކުޑަކުއްޖަކު ވިހެއުމަށްފަހު ބާލިދީއެއްގެ ތެރެއަށް ލުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާގެ އެތައް މައްސަލައެއް ވެސް ހިމެނެއެވެ. މި ހުރިހާ ސުވާލެއްވެސް ޝިދާތާއާއި އަމާޒު ކުރުމުން ވިދާޅުވީ މަގާމާއި ހަވާލުވުމަށްފަހު ގިނަވާނީ ހޯދި ކާމިޔާބީތައް ކަމަށެވެ. އަދި މިނިސްޓަރުކަމުގައި ގިނަކަންކަން އިސްލާހު ކުރިކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، އޭނާ ފެއިލްވެއްޖެކަމަށް، އިސްތިއުފާއަށް ގޮވާމީހުން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެހާ ހިސާބުން މަގާމުން ދުރުވާން ފަސް ނުޖެހޭނެ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ. މަގާމާއި ހަވާލުވީއިރުވެސް، ކުރީގެ ސަރުކާރުގެ އެތައް އިހުމާލުތަކެއް އޮތްކަމަށް ވިދާޅުވެ ޝިދާތާ ވަނީ މައްސަލަތައް ަހައްލުކުރެވޭނެ ހަމައެކަނި މީހަކީ އޭނާ ކަމަށް ވިދާޅުވެފައެވެ. އަދި ކަމުގެ ފުރިހަމަ އިތުބާރު އަމިއްލަ ނަފުސަށް އޮތުމުން ހުންނެވީ އެ އަޒުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އަޅުގަނޑުގެ ފެއިލާއެއް ފެނިއްޖެނަމަ އިސްތިއުފާ ދިނުމަކީ ފަސް ޖެހޭނެ ކަމެއް ވެސް ނޫން. އެހެންވިޔަސް އަޅުގަނޑުގެ މަސައްކަތުގައި އަމާޒު ހިފާފައި މި ހުރީ، އަޅުގަނޑުގެ އަމިއްލަ ނަފުސަށް އެ ޔަގީން ކަން އެބަ އޮތް އަޅުގަނޑަކީ އެ މަސައްކަތް ކުރެވޭނެ މީހާ ކަން. މިކަންކަން އިސްލާހު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް އެބައޮތް… އިސްތިއުފާ އަށް ގޮވުމަކުން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން” ޝިދާތާ

މީގެ ކުރިން ޖެންޑާ މިނިސްޓްރީގެ މަގާމެއްގައި ޝިދާތާ ހުންނަވަނިކޮށް ވ. ރަކީދޫގައި މަންމައެއްގެ އަނިޔާތަކުގެ ޝިކާރައަކަށްވެ މަރުވި މުހައްމަދު އިބްތިހާލްގެ މައްސަލާގައި ޝިދާތާގެ އިހުމާލެއް އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް އެކަމަނާ މިއަދު ރައްދު ދެއްވި އެވެ. ވިދާޅުވީ އެ ވާހަކަ ދައްކަން ސިޔާސީ ބޭނުމެއްގައި ކަމަށާއި އިހުމާލު އޮތްނަމަ މިދިޔަ ސަރުކާރުގައި ފިޔަވަޅު ނާޅާ ނޯންނާނެ ކަމަށެވެ.

ޝިދާތާ ވިދާޅުވީ އެކަމަނާ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހާލަތު އޮތީ މާ ގޯސްކޮށް ކަމަށެވެ. އެ ގޮތުން 12 އަހަރުވަން ދެން މަޖިލީހުގައި އޮތް ކުޑަކުދިންގެ ހައްގުތަކާއި އަދުލުގެ ނިޒާމާ ގުޅޭ ބިލުތައް ތަސްދީގުކޮށް އަމަލު ކުރަން ފެށިކަން ފާހަގަކުރެއްވި އެވެ. ވިދާޅުވީ ކުރިން އަމަލު ކުރަން ޖެހުނީ ވެސް ހާލަތާ މުޅިން ނުބައްދަލު ގާނޫނުތަކަކަށް ކަމަށެވެ.

ސަރުކާރު އައުމާއެކު މައްސަލަތައް ހައްލު ކުރަން މަސައްކަތް ފަށާފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. މިސަރުކާރަށް ހޯދުނު ކާމިޔާބީތަކުގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ފާސްނުކުރެވި 12 އަހަރުވެފައިވާ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އާ ގާނޫނު ފާސް ކުރުމެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެކަން ރިޕޯޓްކުރިތާ ދެ ގަޑިއިރު ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: