ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލުގެ މަރުގައި އިހުމާލެއް ނުވަން، އެފަދަ ކަމެއް ވާނަމަ ކުރީގެ ސަރުކާރުން އަޅުގަނޑު ޖަލަށް ލީސް: ޝިދާތާ

އިބްތިހާލުގެ މަރުގައި އިހުމާލެއް ނުވަން، އެފަދަ ކަމެއް ވާނަމަ ކުރީގެ ސަރުކާރުން އަޅުގަނޑު ޖަލަށް ލީސް: ޝިދާތާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރޭން ފެނުނު، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށާއި، އެ ވާހަކައެއް ބަޔަކު ދެއްކީ ސިޔާސީ ގޮތުން ކުރިއަރައިގެން އަންނަތަން ފެނުމުން ކަމަށް ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އިބްތިހާލް މަރާލި އިރު، މިހާރުގެ ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފު އޭރު ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. މި މައްސަލަ އެތައް ދުވަހަކަށް ދިގު ދެމިގެން ގޮސް 2017 ވަނަ އަހަރު އެޗްއާރުސީއެމުން ކުރަމުން ދިޔަ ތަހުގީގާ ގުޅިގެން ޝިދާތާގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ.

އިބްތިހާލަށް އޭނާގެ މަންމަގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތައް އެރަށުމީހުން ރަށު ކައުންސިލްގެ ސަމާލުކަމަށް ގެނައެވެ. އަދި ރަށު ކައުންސިލުން އެ މައްސަލަ ފުލުހުންގެ އިތުރުން ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިއެވެ. އެއަށްފަހު މިނިސްޓްރީއިން ވެސް އިބްތިހާލަށް އަނިޔާ ލިބެމުން ދިޔަކަމުގެ ރިޕޯޓް ލިބުނު ކަމާއި، މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް މައްސަލަ ބަލާފައި ވާކަމަށް ބުންޏެވެ. އެއާއެކު ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާ އޭރުގެ ސަރުކާރުގެ އިސްތިއުފާއަށާއި ޖެންޑާ މިނިސްޓްރީގެ އޭރުގެ އިސް ބޭފުޅުން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ދިޔައީ ގޮވަމުންނެވެ. އިބްތިހާލުގެ މައްސަލާގައި އިހުމާލުވީކަމަށް އެންމެ ގިނަ ބައެއްގެ އިނގިލި އެފަރާތަކަށް ދިއްކުރަމުން ދިޔައީ ޝިދާތާއަށެވެ. ޝިދާތާ ޖެންޑާ މިނިސްޓްރީގެ ނާއިބުގެ މަގާމުގައި ހުންނެވިއިރު ހިނގާދިޔަ ލާއިންސާނީ އަނިޔާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް އޭރު އެޅިފައި ނެތެވެ. އަދި މައްސަލަ އޭރު ހުށަހެޅީވެސް ޝިދާތާއަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވާ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި، އިބްތިހާލާއި ހަމައިން ފެށިގެންވެސް ފެންނަން ހުރީ އިހުމާލުތަކެއްކަމަށް ނޫސްވެރިޔާ ބުނުމުން ޝިދާތާ ވިދާޅުވީ ކުރިން ރާއްޖެ އޮތީ ސިޔާސީ ހަލަބޮލިތަކުގެ ތެރޭގައި ކަމަށާއި އަސްލު މައްސަލަތަކުގެ ވާހަކަ އޭރު ނުދެކެވޭ ކަމަށެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގައި އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށާއި، އެހެން ނޫނަމަ ކުރީގެ ސަރުކާރުން އޭނާ ޖަލަށް ލީސް ނޫންތޯ ޝިދާތާ ސުވާލު ކުރެއްވިއެވެ. ޝިދާތާ ވިދާޅުވީ، އިބްތިހާލުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި އިހުމާލުވީކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރީ ސިޔާސީ ހަޔާތް ދުއްވާލަންށެވެ. އަދި އެއީ މާބޮޑަށް ކުރިއަރައިގެން އައުމުން ބަޔަކު ހިންގި އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: