ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުޅާދޫއިން ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ތުޅާދޫއިން ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލްވާ މީހާ ހައްޔަރުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު ރާއްޖެތެރޭ ހިސާބު، ބ. ތުޅާދޫއިން ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ފަޅާއެރުމާއި އެކު އޭނާ ފިލައިގެން މާލެ އައި ކަމަށް ވެއެވެ. އަދި އެ މީހާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އާއިލާއާއި ހަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއަކުން ބުނެފައިވަނީ އާއިލާއިން ހުށަހެޅި މައްސަލައިގައި މީހަކު ހައްޔަރު ކުރިކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ. ޖިންސީ ގޯނާގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިރޭ ވެސް، ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ދެކުނުގެ ރަށަކުން ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން 56 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި، ޖެންޑާގެ ޓީމެއް އެ ރަށައް ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިއެވެ. ސަންގުއާއި އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާގެ އާއިލާގެ ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: