ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދިންތަކަކަށް ޖިންސީ ގޯނާ ކުރަން އުޅޭ ވީޑިއޯއިން ފެންނަނީ ކުއްޖާގެ މުނިކާފަކަން ބުނާކަށް ނޭނގޭ: ފުލުހުން

ކުދިންތަކަކަށް ޖިންސީ ގޯނާ ކުރަން އުޅޭ ވީޑިއޯއިން ފެންނަނީ ކުއްޖާގެ މުނިކާފަކަން ބުނާކަށް ނޭނގޭ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ އަތޮޅު ކަނޑުހުޅުދޫގައި މުސްކުޅި ފިރިހެނަކު، ކުޑަ އަންހެން ކުދިންޔަކަކަކަށް ޖިންސީ ފުރައްސާރަ ކުރުމަށް މަސައްކަތް ކުރާ ވީޑިިއޯއެއް މިދިޔަ މަހު އާއްމުވީ ނަމަވެސް އެ ވީޑިއޯ އިން ފެންނަނީ 2 އަހަރުގެ ކުއްޖާގެ މުނިކާފަކަން އަދިވެސް ޔަގީނެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކާއި އެކު މިފަދަ އެތައް މައްސަލައެއް ފާއިތުވީ ދެ ދުވަހުގެ ތެރޭގައި ވަނީ އާއްމުވެފައެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ނުކުރެވުމާއި އެކު އެ މައްސަލަތައް ކޯޓުގައި ދިގުލައިގެންދެއެވެ. ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި، އަނިޔާ ކުރުމާއި، ޖިންސީ، ޖިސްމާނީ އެތައް އަނިޔާއެއް ދިނުމުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

މައްސަލައިގައި ހައްޔަރު ކުރި ކުއްޖާގެ މުނިކާފައަށް 82 އަހަރެވެ. އަދި އޭނާއަކީ މީގެ ކުރިންވެސް ޖިންސީ އަނިޔާކޮށްގެން ދެ ފަހަރެއްގެ މަތީން ހައްޔަރުކޮށްފައިވާ މީހެއް ނަމަވެސް އޭނާ މިނިވަން ކަމާއި އެކު ދޫކޮށްލާފައި ހުރީ މުސްކުޅި ވުމާއި އެކު “ހާލަތަށް” ބެލުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންހެން ކުއްޖަކާ ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރާ ވީޑިއޯ އާއްމުވީ މިދިޔަ މަހުއެވެ. އެ ވީޑިއޯގައި އޭނާ ކުދިންނާއި ހަޑި ހުތުރު ބަހުން މުއާމަލާތް ކުރެއެވެ.

އެ ވީޑިއޯ އާއި ގުޅޭގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި، ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ސުވާލު ކުރުމުން ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައި ޑިސެމްބަރު 27 ގައި ކަމަށެވެ. އަދި އެ ވީޑިއޯގެ އެނެލިސިސް ކުރުމާއި އެކު ތަހުގީގު ކުރިއަށްދާއިރު އެ ވީޑީއޯ އިން ފެންނަނީ ކާކުކަން އަދި ކަނޑައެޅިފައި ނުވާކަމަށް ދާވޫދު ވިދާޅުވިއެވެ.

ތަކުރާރުކޮށް މެމްބަރުން ސުވާލު ކުރުމުން ވެސް ދާވޫދު ވިދާޅުވީ، ވީޑިއޯގައި ކުދިންނަށް ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކުރަނީ މުނިކާފަކަން ޔަގީން ނުވާ ކަމަށެވެ. އަދި އެގޮތަށް ނުނިންމޭނެ ކަމަށެވެ.

“ހަމަ ހަގީގަތުގައި ވެސް މި ދެންނެވި ވީޑީއޯ އަކުން އެއީ އެމީހާ ކަމެއް ކަނޑައެއް ނޭޅޭ އަޅުގަނޑުމެންނަކަށް. އެކަން އެގޮތަށް ކަނޑަނޭޅޭތީވެ އެމީހާ ދޫވެފައި ހުރީ” ދާވޫދު

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

މައްސަލައާއި ގުޅޭގޮތުން ދާވޫދު ވިދާޅުވީ މީހަކު ހައްޔަރު ކުރުމަށް ހެކި ބޭނުންވާނެ ކަމަށެވެ. އެ ވީޑީއޯއިން އަޑުއިވެނީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫންކަމަށާއި އެކަން ސީރިއަސް ސިފައެއްގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދާވޫދު ވިދާޅުވީ ހައްޔަރު ކުރާއިރު މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިތޯ މިނިސްޓްރީއިން ޔަގީން ކުރާނެ ކަމަށެވެ.

ދާވޫދު ވިދާޅުވީ ތަހުގީގަށް މީހުން ހައްޔަރު ކުރެވިދާނެ ކަމަށާއި ނަމަވެސް މީހުން ހައްޔަރުކުރުމުގައި ފުލުހުން ވިސްނާ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން މީހަކު ހައްޔަރުކުރުމުގެ މަގުސަދަކީ ތަހުގީގަށް ކުށް ސާބިތުވާ ވަރަށް ހެއްކާއެކު ހައްޔަރުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ވީޑިއޯއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ޝަހީމް ވިދާޅުވީ އޭނާއަށް ވެސް ވީޑިއޯގެ މައުލޫޟާތު ލިބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައި ކަމަށެވެ. އެ ވީޑިއޯގެ މައްސަލަ ނުބެލި ސަބަބާއި މެދު މެމްބަރުން ސުވާލު އަމާޒު ކުރަން ފެށުމުން ޝަހީމް ވިދާޅުވީ އެ ވީޑިއޯގައި ހުރީ ކާކުކަން ނޭނގޭ ކަމަށެވެ. ޝަހީމް އެހެން ވިދާޅުވީ ނަމަވެސް، ވިޑިއޯ ނިމޭތަނުން ކުދިން ބިރުން ދުއްވައިގަންނަމުން “ހަސަން ބެއްޔާ” ބުނާ އަޑުއިވެއެވެ.

ވީޑިއޯއަށްފަހު އެ ކުދިންނަށް ގެއްލުމެއް ލިބިދާނެތީ އެކަމާއި މެދު ވިސްނީ ކިހާވަރަކަށްތޯ މެމްބަރުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ކުދިން އުޅެމުން އަންނަނީ މައިންބަފައިންނާއި އެކު ކަމަށެވެ. އެހެން ކަމުން ކަންބޮޑުވުމަކުން ކުރާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

“ކަންބޮޑުވުން އޮވޭ. އެހެން ނަމަވެސް ކުއްޖާ ބަލަމުންދަނީ ކުއްޖާގެ މަންމައާއި ބައްޕަ ދެއްތޯ؟ ކަންބޮޑުވުން ހަގީގަތުގައި ހުރިހާ ކަމެއްގައި ވެސް އޮންނާނެތާ، ހުރިހާ ކަމެއް ވެސް ފެށިގެން މި އަންނަނީ މަސްތުވާތަކެތިން. އެހެންވީމާ އެ ކަންބޮޑުވުން އޮވޭ. އެކަމަކު ކުއްޖާ ބަލަމުންދިޔައީ ކުއްޖާގެ މަންމައާއި ބައްޕަ. އެހެންވީމަ އަޅުގަނޑުމެން ކަންބޮޑުވިޔަސް އޭގައި ކުރާނެ ކަމެއް ނޯންނާނެ ނޫންތޯ،” ޝަހީމް

ޝަހީމް ވިދާޅުވީ އެކުއްޖާގެ ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަން ކައުންސިލްއަށް އެނގޭ ކަމަށެވެ. އެހެން ނަމަވެސް، މައިންބަފައިން ކުރާ ކަމަކާއި ނުބެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުނިކާފައާއި ގުޅޭގޮތުން ރަށުތެރޭގަިއި ވާހަކަ ދެކެވުނަސް އެކަމަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ ކަނޑުހުުޅުދޫގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއްކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: