ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ - ފޭސްބުކް/ އަހުމަދު އާއިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން ބާރަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 80 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެކަމުގެ މައުލޫމާތު ހިއްސާ ކުރަމުން ބުނީ، އެ މުސްކުޅި މީހާ ކުޑަކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓު ކުރީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެހެން ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ސައުތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަށްޑިހަ އަހަރުގެ ދުވަސްވީ މީހަކު ހައްޔަރުކޮށްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ މުނި ކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. އެ ކާފައިން ވެސް މިހާރު ވަނީ ހައްޔަރުކޮށް 15 ދުވަސް ބަންދަށް ޖަހާފައެވެ. އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ދެ އަހަރުގެ ކުއްޖާ މިހާރު ވަނީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދާއިރު ސީރިއަސް އަނިޔާތަކެއް ކުއްޖާއަށް ލިބިފައިވާ ކަމަށްވެ އެވެ. މި މައްސަލަ ފަޅާއަރުވާލީ އެ ކުއްޖާ ފެންވަރުވަން އެ ގެއަށް ދިޔަ ކުއްޖާގެ ބޮޑުދައިތަ އެވެ.

2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކާއި އެކު މިފަދަ އެތައް މައްސަލައެއް ފާއިތުވީ ތިން ދުވަހުގެ ތެރޭގައި ވަނީ އާއްމުވެފައެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ނުކުރެވުމާއި އެކު އެ މައްސަލަތައް ކޯޓުގައި ދިގުލައިގެންދެއެވެ. ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކާއި، އަނިޔާ ކުރުމާއި، ޖިންސީ، ޖިސްމާނީ އެތައް އަނިޔާއެއް ދިނުމުގެ މައްސަލަތަކެއް ފެންމަތިވިއެވެ.

ރޭ އެކަނިވެސް މިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: