ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީއަލީ އަލިފާނުގައި ލިބުނު ގެއްލުންތައް ބަލައި، އަވަސް ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން: ފިޝަރީޒް މިނިސްޓްރީ

އަލިފާނުގައި ގެއްލުން ލިބުނު ފަރާތްތަކާ މިނިސްޓްރީން ބައްދަލުކުރުން: ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ފީއަލީގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތައް ވަޒަންކުރުމަށްޓަކައި، ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ޒިޔާރަތްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުގެ މައިގަނޑު މަގުސަދަކީ ހާދިސާގައި ލިބުނު ގެއްލުންތައް ބަލައި، މަސްވެރިންނަށާއި ރަށުގެ އިގްތިސާދަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުގެ ފަރާތުން ދެވޭނެ އަވަސް ހައްލުތަކެއް ހޯދުމެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ރަށުގެ ބަނދަރު ސަރަހައްދުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި އެހެން އުޅަނދުތަކަށް ފެތުރުމުންނެވެ.

މި ހާދިސާގައި ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކަށާއި އިތުރު ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ރަށުގެ އައިސް ޕްލާންޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ފީއަލީ ކައުންސިލުން އަންދާޒާކުރި ގޮތުގައި މި ހާދިސާގެ ސަބަބުން ލިބުނު ޖުމްލަ މާލީ ގެއްލުން 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެއެވެ.

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދާއި ހަވާލާދީ ބައެއް މީޑިއާތަކުން ކުރި ރިޕޯޓުގައި ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން ދޯންޏަކީ ވެސް އިންޝުއަރެންސް ކޮށްފައިވާ އުޅަނދުތަކެއް ނޫން ކަމަށެވެ. އެގޮތުން މީގެ ތެރެއިން އެއް ދޯންޏަކީ މިދިޔަ ރޯދަމަހު ބޮޑު ހޭދައެއް ކޮށްގެން މަރާމާތުކޮށްފައިވާ ދޯންޏެއްކަމަށާއި، މި ހާދިސާގެ ސަބަބުން ގިނަ އާއިލާތަކެއްގެ އާމްދަނީއަށް ހުރަސް އެޅިފައިވާކަމަށް ކައުންސިލުން ބުންޏެވެ.

މި ހާދިސާގެ ސަބަބުން ރަށުގެ ރައްޔިތުންނާއި، ދޯނިތަކުގެ ވެރިންނަށް ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައިވާކަމަށް މޫސާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ މި އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: