ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް: އަމީން އާއި ޑރ. އައިޝަތު އަލީއަށް ބޭނުން ކުރަނީ ހަޑި ހުތުރު ބަސްތަކެއް!

އަލީ ވަހީދުކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް: އަމީން އާއި ޑރ. އައިޝަތު އަލީއަށް ބޭނުން ކުރަނީ ހަޑި ހުތުރު ބަސްތަކެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުކަމަށް ތުހުމަތު ކުރެވޭ ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވިތާ ގަޑިއިރެއް ވެސް ނުވަނީސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް “ސައިޒު” ދައްކާނެ ކަމަށް ބުނެ ވާހަކަ ދައްކާ ދެވަނަ އޯޑިއޯއެއް ވެސް ލީކުކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނީ އަލީ ވަހީދު އާއި، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އައްސަދު އަލީ އާއި ދެމެދު ދެކެވޭ ވާހަކަތަކެކެވެ. އަލީ ވަހީދާއި، އައްސަދާއި ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. އެންމެ ފުރަތަމަ ލީކުވީ އޯޑީއޯގައި އެ ފަރާތަކުން އަމިއްލަ ނަފްސަށް ތައުރީފްކޮށް ވާހަކަ ދައްކައެވެ. އެގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ރާއްޖޭގައި ހުރިހާ މަސައްކަތެއް ކުރީ އޭނާކަމަށް ބުނެއެވެ.

އަލީ ވަހީދުކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ ވާހަކައިގައި ބުނާގޮތުން ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމާއި، އަދި ކެމެރާ ގެނައުމުގެ މަސައްކަތް ކުރީ އަމީންއެއް ނޫނެވެ. އެއީ އޭނާ ކުރި މަަސައްކަތެއް ކަމަށާއި، މާސްކުގެ ކަންތައް ވެސް ހައްލު ކުރީ މީހަކީ އެއީ ކަމަށް އެ އޯޑިއޯގައި ބުނެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ކުއްލިގޮތަކަށް އަލީ ވަހީދު މައުލޫމާތު ދެއްވުމާއި ގުޅޭގޮތުން ބައެއް ނޫސްވެރިން ސުވާލުވެސް އުފެއްދިއެވެ. އެއެހެން ނަމަވެސް ރައީސް އޮފީހުގައި ނޫސްވެރިންނާއި ވަކިން ބައްދަލު ކުރައްވައި އަލީ ވަހީދު ވިދާޅުވީ މައުލޫމާތު ދިނުމުގެ ޓާސްކް ފޯސްގައި ހުންނެވީ އޭނާ ކަމަށެވެ. އެއަށްފަހު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ގެންދެވީ އަލީ ވަހީދުއެވެ. އަދި އަމީން ޕްރެއް ދެއްވީ މިނިސްޓްރީ އޮފީހުގައެވެ.

ލީކުވެފައިވާ އޯޑިއޯގައި އަމީނަށް ބޭނުންކޮށްފައިވަނީ ބޭއަދަބީ ހުތުރު ބަސްތަކެކެވެ. އަލީ ވަހީދު ކަމަށް ބެލެވޭ ތުހުމަތު ކުރެވޭ އެ ފަރާތު ބުނެފައިވަނީ އަމީންގެ ކަމަކީ އަބަދު “ހެދިކާ ކެއުން” ކަމަށެވެ. އަދި އެ ނޫންކަމެއް އޭނާއަށް ނުކުރެވޭނެ ކަމަށް ވެސް ބުނެއެވެ. އޭގެ އިތުރުން ކޮންމެ ތަނަކަށް ދަނީ ވެސް “ދެ ފޮޓޯގްރާފަރުން” ގޮވައިގެން ކަމަށް އެ އޯޑިއޯގައި ބުނެއެވެ.

އޯޑިއޯގެ މައްސަލަައިގައި އަލީ ވަހީދު ޓްވީޓެއް ވެސް ކުރިއެވެ. އޭނާ ވިދާޅުވީ އެއީ އަސްލެއް ނެތް އޯޑިއޯއެއް ކަމަށާއި ބަޔަކު މަސައްކަތް ކުރަމުންދަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

https://twitter.com/ali20waheed/status/1228718714616307712

މިރޭ ލީކުކޮށްލި ދެވަނަ އޯޑިއޯގައި ވެސް އަލީ ވަހީދުކަމަށް ތުހުމަތު ކުރެވޭ މީހާ ވާހަަކަ ދައްކަވަނީ އައްސަދުއާއި އެވެ. އެ އޯޑިއޯގައި ވެސް ޑރ. އައިޝަތު އަލީއަށް ވަރަށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައިވެއެވެ. އެގޮތުން އެ އޯޑިއޯއިން އެނގޭގޮތުގައި ކެބިނެޓުގައި އެޑިއުކޭޝަން މިނިސްޓަރު “ސައިޒު” ކުރާނެ ކަމަށް ބުނެއެވެ. އަދި ޑރ. އައިޝަތު އަލީގެ ޕޮލިސީއަކީ އެއްވެސް ކަމުދާ ޕޮލިސީއެއް ނޫން ކަމަށް ބުނެއެވެ.

އަލީ ވަހީދުކަމަށް ތުހުމަތު ކުރެވޭ ފަރާތުން ވަނީ، ކެބިނެޓު ބައްދަލުވުމުގައި އެންމެންގެ ތެރޭގައި “ކަޑަ” ކޮށްލާނެ ކަމަށެވެ. ކުޅިވަރު ދާއިރާއިން އުމުރާއި ގުޅޭގޮތަކުން އައިޝަތު އަލީ ގެންނަވަން މަސައްކަތް ކުރާ ބަދަލަކާއި ގުޅޭގޮތުން އެ އޯޑިއޯގައި ވަނީ ނައިބް ރައީސް ފައިސަލް މެދުވެރިކޮށް އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.

އޯޑިއޯގައި އެ ފަރާތަކުން މިނިސްޓަރަށް ވަރަށް ހުތުރު “މަގުމަތީ ބަސްތައް” ބޭނުން ކުރެއެވެ. އޯޑިއޯގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަންތައް ކުރައްވާ ގޮތަށް މިވެނި ކަމެއް ކުރާނެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮން ވާހަކައެއްކަމެއް އޯޑިއޯއިން ސާފެއް ނުވެއެވެ.

މި މައްސަލައިގައި އޯޑިއޯ ލީކު ކުރި ފަރާތުން ވަނީ އަދިވެސް މިފަދަ އެތައް އޯޑިއޯއެއް ލީކު ކުރާނެކަމަށް ބުނެފައެވެ.

އަލީ ވަހީދުކަމަށް ބެލެވޭ އެ ފަރާތުން ދައްކާ ވާހަކަ ބެލާ، ތަހުގީގުކޮށް އެއީ އަސްލެއްތޯ ބެލުމަށް އާއްމުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: