ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހިދުމަތުގެ ބިލުގެ ދަށުން ޕޮލިސް ކޮމިޝަނަރު އައްޔަން ކުރާނީ ރައީސް އެއް ނޫން!

ފުލުހުންގެ ހިދުމަތުގެ ބިލުގެ ދަށުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެވޭ ގޮތް ހަދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަން، ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައި އިސްލާހު ހުށަހަޅައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ޕޮލިސް ކޮމިޝަނަރަށް ލިބިދެވޭ ބާރުތަކާއި، ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕޮލިސް ކޮމިޝަނަރު އައްޔަން ކުރެވޭނެ ގޮތް ވަނީ ބަޔާންކޮށްފަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އިއްވާފަ އެވެ. މަވެސް އަދި އިބްތިދާއީ ބަހުސް މަރުހަލާ ނުފަށަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައިގެން ގާނޫނުން ފުރުސަތު ހުޅުވާލަން ރައްޔިތުންގެ މަޖިލީހަށް އިތުރު އިސްލާހެއް ހުށަހެޅީ ވެސް ހަސަން ލަތީފެވެ. މިހާރުގެ ގާނޫނގައި ވާގޮތުން ނަމަ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަން ކުރައްވާނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. އެއީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ފުލުހުންގެ ގާނޫނުގައި ވާގޮތެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން ހަސަން ލަތީފު ގެންނަ ބަދަލުގައި ބުނެފައިވަނީ، “ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭ ކޮންމެ ހާލަތެއްގައި، އެކަމަށް އެދޭ ފަރާތްތަކުން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމިަތިލާން ޕްރޮމޯޝަން ބޯޑުން ހުޅުވާލަން ވާނެ” ކަމަށެވެ. އަދި އެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މީހަކު އައްޔަން ކުރައްވާނީ ޕްރޮމޯޝަން ބޯޑުން ވަޒަން ކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ. އޭގެ އިތުުރން ބިލްގައި ބުނެފައިވަނީ، ކޮމިޝަނަރު އައްޔަން ކުރެވޭނީ ހަތަރު އަހަރު ދުވަހުގެ ދައުރަކަށް ކަމަށެވެ. އަދި އެ ދައުރު ފުރިހަމަ ވުމުން ހަތަރު އަހަރުގެ އިތުރު އެއް ދައުރަށް އޭނާ އެ މަގާމަށް އައްޔަން ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ ދަށުން ފުލުހުންނަށް ފިޔަވަޅު އެޅޭނެ ގިނަ ގާނޫނީ މާއްދާތަކެއް ހިމަނާފައިވޭ

ބިލުގައި ވާގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެދި ކުރިމަތިލާ ފަރާތްތައް މަގާމުގެ ޝަރުތު ހަމަވާކަން އަދި އަބުރުވެރިކަން ހުރި ނިސްބަތް އަންގައިދޭ ރިޕޯޓެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން އެކުލަވާލަން ޖެހޭނެއެވެ. ކޮމިޝަނަރު އައްޔަން ކުރުމުގައި ބަލަން ޖެހޭނެ ޝަރުތުތަކެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވާ ކަންތަކުގެ ތެރޭގައި

• ފުލުހުންގެ ކޮމިޝަންޑް ފުލުހުންގެ ކިބައިގައި ހުރުން ލާޒިމް ހުރިހާ ސިފައެއް ހުރުން* އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގައިވާ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން
• ޖިނާއީ ކުށެއް ސާބިތުވެފައި ނުވުން
• ފުލުހުންގެ ހިދުމަތުގައި މަދުވެގެން 15 އަހަރު މަސައްކަތް ކޮށްފައިވުމާއެކު، އޭގެތެރެއިން މަދުވެގެން ތިން އަހަރު އެގްޒެކެޓިވް

އޮފިސަރެއްގެ ރޭންކުގައި މަސައްކަތް ކޮށްފައިވުން
• ޕޮލިސް ކޮމިޝަނަރުކަން އަދާކުރަން ބޭނުންވާ ތައުލީމާއި ސިއްހަތާއި ތަމްރީނާއި ތަޖުރިބާ ޕްރޮމޯޝަން ބޯޑުން ކަނޑައަޅާ މިންގަނޑަކަށް ހުރުން
• ކޮރަޕްޝަނުގެ އަމަލެއް ނުވަތަ އަބުރު ގެއްލިދާނެ ފަދަ އެއްވެސް އަމަލެއް ދައުލަތުގެ މުއައްސަސާއަކުން އެމީހަކާ މެދު ފާހަގަކޮށްފައި ނުވުން
ކޮމިޝަނަރު ވަކި ކުރެވޭނެ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވާއިރު އޭގައި ވާގޮތުން ކޮމިޝަނަރު މަގާމުން ވަކިކޮށްދިނުމަށް އެދި މިނިސްޓަރަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދެވޭނީ ވަކި ހާލަތްތަކެއް މެދުވެރިވުމުންނެވެ. އޭގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވުމާއި، ސިއްހީ ހާލަތެއް ދިމާވުން ހިމެނެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ ދަށުން ފުލުހުންނަށް ފިޔަވަޅު އެޅޭނެ ގިނަ ގާނޫނީ މާއްދާތަކެއް ވަނީ ހިމަނާފައި

ބިލުގައި ބުނެފައިވަނި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ކުރުމަށްވެސް ހިނގާނީ ކޮމިޝަނަރަށް ވެސް ހިނގާ އުސޫލުކަމަށެވެ. އަދި ކޮމިޝަނަރުން އައްޔަން ކުރުމުގެ ކަންތަކުގައި ކުރަން ޖެހޭ ކަންތައްތަކާއި، މަގާމުގެ ކުރިއެެރުން ދިނުމާއި، މަގާމުގެ ޝަރުތު ފުރިހަމަ ވޭތޯ ބެލުމާއި، މިނިސްޓަރަށް ލަފާ ދޭން ޖެހޭ ކަންކަމުގައި ލަފާ ދިނުމަށް އުފައްދާ ޕްރޮމޯޝަން ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ބިލުން ދީފައިވަނިީ އޭރަކު ހުންނަވާ ޕޮލިސް ކޮމިޝަނަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހުން ކުރާ ކުށްކުށާއި ގުޅޭގޮތުން ވަކި ބާބެއް ވަނީ ހިމަނާފަ އެވެ. އެ ބިލުގެ 20 ވަނަ ބާބުގައި ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނަށް ހިލާފަށް ބޭނުން ކުރުމުން އަޅާނެ ފިޔަވަޅާއި ގާނޫނާ ހިލާފު އަމުރު ކުރާ ފުލުހުންނާއި އެ އަމުރަށް ތަބާވާ ފުލުހުންނަށް އަޅާނެ ފިޔަވަޅުވެސް ވަނީ ހިމަނާފަ އެވެ. އެ ކުށް ކުރާ ފުލުހުން 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ނުވަތަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށްވެ އެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާ ކުރި ނަމަވެސް، އެހެން ގާނޫނެއްގައި ޖިނާއީ ދައުވާ ކަމަށް ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ އެ ގާނޫނެއްގެ ދަށުންވެސް ދައުވާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެއީ އެއް ކުށަކަށް ދެ އަދަބެއް ދިނުން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. ފުލުހުން ވަޒީފާއަށް ފިލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނާ ހިލާފަށް ބޭނުން ކުރުން ކަމަށް ބުނެފައިވަނީ ފުލުހުންގެ އިދާރާގެ ހުއްދަ ހޯދުމަކާއި ނުލައި ފުލުހެއް ކަމަށް ދައްކައި ދިނުމުގެ ގޮތުން ފުލުހުންގެ ޔުނިފޯމު ނުވަތަ ފުލުހުން ބޭނުންކުރާ އެއްވެސް ރިބަނެއް އެއްވެސް ބޭނުން ކުރުމެވެ. ފުލުހުންގެ ހިދުމަތާއި ގުޅޭ ގިނަ ކަންތައްތަކެއް ހިމަނާފައިވާ އެ ބިލުގެ އިބްތިދާއީ ބަހުސް މިހަފްތާގައި ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

މި ބިލުގައި ފުލުހުންގެ ހުވަޔަށްވެސް ބަދަލު ގެންނަން ހުށަހަޅާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: