ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުކަމަށް ބެލެވޭ މީހާގެ އިތުރު އޯޑިއޯއެއް: އޭނަ ވަރަށް ގުޅާ “ހިނގާ ޕާޓީކޮށްލަން ދާން”!

އަލީ ވަހީދުކަމަށް ބެލެވޭ މީހާގެ ފަސް ވަނަ އޯޑިއޯ، މި ފަހަރަުވެސް ދައްކަވަނީ ނަހުލާގެ ވާހަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ކެބިނެޓުގެ ވަޒީރުންތަކަކާއި ގުޅޭގޮތުން ހަޑި ހުތުރު ބަސްތަކެއް ރައްދުކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުކަމަށް ބެލެވޭ ބޭފުޅެއްގެ ވީޑިއޯތަކެއް އެންމެ ފުރަތަމަ ލީކުވީ ރޭގެ ވަގުތެއްގައެވެ. އެއަށްފަހު މިވީ 24 ގަޑިއިރުތެރޭ އަލީ ވަހީދުގެ ފަސް އޯޑިއޯ މިވަނީ ލީކުވެފައެވެ.

“ޒީރޯ ޓޮލަރެންސް” ގެ ވާހަކަ އެންމެ ގިނައިން ދައްކަވާ މިނިސްޓަރު ވެސް ކޮރަޕްޝަންގެ ތެރެއިން ކަންކަން ނިންމެވުމުގެ ވާހަކަ އެ އޯޑިއޯގައި ދައްކަވައެވެ. އަލީ ވަހީދުގެ “ނުފެންނަ ފަރާތެއް” ފެނުނުއިރު އެ ބޭނުން ކުރި ބޭއަދަބި ހުތުރު ބަސްތަކަކީ ރައްޔިތުން ބަލައިގަނަ ބަސްތަކެއް ނޫނެވެ.

އަލީ ވަހީދު ވިދާޅުވާ ގޮތުން އެ އޯޑިއޯގައި އެއްވެސް ހަގީގަތެއް ނެތެވެ. އެއީ ބަޔަކު އޭނާގެ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއްކަމަށް އޭނާ ވިދާޅުވެއެވެ. އެއަށްފަހު އޯޑިއޯގައި އަލީ ވަހީދުކަމަށް ބެލެވޭ މީހާއާއި އެކު ހުންނަވާ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސައްދު އަލީ ވެސް އެ ވީޑިއޯއަކީ “ފޭކެއް” ކަމަށް ވިދާޅުވިއެވެ. އައްސަދު ވިދާޅުވާގޮތުންނަމަ އެއީ އެފްއޭއެމް އިންތިހާބުގައި ބައްސާމު އަލީ ޖަލީލާއި ދެކޮޅަށް އެހެން މީހަކު ނެރެފާނެތީ ބަޔަކު ހިންގާ އަމަލެކެވެ.

އަމީނަކީ އަބަދު ހެދިކާ ކާ ބޭފުޅެއްކަމަށް އެއް އޯޑިއޯގައި އަލީ ވަހީދުކަމަށް ބުނާ މީހާ ވިދާޅުވެއެވެ. އަދި ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއްގެ “ކްރެޑިޓް” އޭނާ އަމިއްލައަށް ނަންގަވައެވެ. އެއަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ކެބިނެޓުގެ ބައްދަލުވުމުގައި އެންމެންގެ ކުރިމަތީ “ސައިޒު” ކުރާނެ ކަމަށް ބުނެއެވެ. ނޫނީ ނައިބް ރައީސް ފައިސަލް ނަސީމް މެދުވެރިކޮށް ޑރ. އައިޝަތު އަލީ “މައިތިރި” ކުރާނެ ކަމަށް ބުނެއެވެ.

އެއަށްފަހު ދެން ލީކުވީ އޯޑިއޯގައި އަލީ ވަހީދުކަމަށް ބުނާ މީހާ ގުޅުއްވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާކަމަށް ބެލެވޭ މީހަކަށެވެ. އަދި ކައިރީގައި ތިއްބެވި ފަރާތްތަކަށް ވާހަކަ ނުދައްކާ މަޑުން ތިބުމަށް އިޝާރާތް ކުރެއެވެ. އެއަށްފަހު ބޭއަދަބީ ރާގަކަށް “ހަލޯ، ހަމަ މިސްވެގެން ގުޅާލީ” ކަމަށް ވިދާޅުވެއެވެ. ޖަވާބުގައި ނަހުލާކަމަށް ބެލެވޭ ފަރާތުން ވެސް ސަކަރާތުގެ ހިނިގަނޑަކަށްފަހު ވިދާޅުވީ “މިއަދު އިރުއެރީ ކޮންކޮޅަކުން ތޯ” އެވެ. އެއަށްފަހު އަލީ ވަހީދުކަމަށް ބުނާ މީހާ ބޭއަދަބީކޮށް ވާހަކަ ދައްކަވައެވެ. އަދި ބައްދަލު ކުރަން އޮފީހަށް ދާންވީތޯ ސުވާލު ކުރެއެވެ. އެހެން ނަމަވެސް ނަހުލާކަމަށް ބުނާ ފަރާތަކުން ވަނީ މީޓިންއެއް އިތުމުން ބިޒީކަމަށް ވިދާޅުވެފައެވެ. އަދި ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ. ފޯނު ބޭއްވުމަށްފަހު އަލީ ވަހީދުކަމަށް ބުނާ މީހާއާއި އެންމެން އެކީ ބާރަށް ހޭން ފަށާ އަޑުއިވެއެވެ. އަދި އަލީ ވަހީދު ނަހުލާއާއި ގުޅޭގޮތުން ހަޑި ވާހަކަތަކެއް ދެއްކެވިއެވެ. އަދި އެކަމަށް އެންމެން ޖޯކު ޖަހާ ހީ ސަމާސާ ކުރެއެވެ.

މިރޭ ލީކުކޮށްލި ފަސް ވަނަ ކްލިޕްގައި ވެސް އަލީ ވަހީދުކަމަށް ބުނާ މީހާ ވާހަކަ ދައްކަވަނީ ނަހުލާއާއި ގުޅޭގޮތުންނެވެ. އެންމެ ފުރަތަމަ އޯޑިއޯ ފެށޭ ހިސާބުން އަލީ ވަހީދުކަމަށް ބުނާ މީހާ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ގުޅާފައި އަލީ ވަހީދަށް ގުޅުމަށް ބުނުމަށެވެ. އަލީ ވަހީދުކަމަށް ބުނާ މީހާ ވިދާޅުވީ ގޮތުން މެމްބަރު ނަޝިދަކީ ވަރަށް “ލަދު ހަޔާތް ކުޑަ” މެމްބަރެކެވެ. އަދި މަޖިލީހުގައި ވެސް އަބަދު ދައްކަވަނީ ލަދު ހަޔާތް ކުޑަ ވާހަކަތަކެއް ކަމަށް ވިދާޅުވެއެވެ. އަދި “ކޮންމެ ފަދަ” ވާހަކަައެއްވެސް ދައްކަވާފާނެ ކަމަށް ވިދާޅުވެއެވެ.

ނަހުލާއާއި ގުޅޭގޮތުން ދެއްކި ވާހަކައިގައި އަލީ ވަހީދުކަމަށް ބުނާ މީހާ އެންމެ ފުރަތަމަ ނަހުލާގެ ރީތި ކަމަށް ތައުރީފް ކުރެއެވެ. އަދި ނަހުލާއަށް ބޭއަދަބީ ބަހެއް ބޭނުން ކުރުމަށްފަހު ނަހުލާ އަބަދުވެސް ގުޅުއްވުމަށްފަހު ގޯސް އަމަލުތަކެއް ހިންގަން ބޭނުންވެ އެވާހަކަ ދައްކަވާ ކަމަށް ވިދާޅުވެއެވެ. އަލީ ވަހީދުކަމަށް ބުނާ މީހާ އެ ވާހަކަ ދެއްކެވިއިރު އެންމެ އެކަމަށް ހޭން ފަށައެވެ. އެއަށްފަހު އަލީ ވަހީދުކަމަށް ބުނާ މީހާ ވިދާޅުވަނީ އެންމެން އެކީ “ޕާޓީކޮށްލަން” ދިއުމަށެވެ. އަދި ވަރަށް މަޖާވާނެ ކަމަށް ވިދާޅުވިއެވެ.

އެކަމަށް ޕްލޭންކޮށް އަލީ ވަހީދުކަމަށް ބުނާ މީހާ ވަނީ ޕާޓީ ކުރަން ދާނީ ރަސްމީ ދަތުރުގެ ނަމުގައި ކަމަށެވެ. އަދި އެ ދުވަހު ދާނީ “ކުދިންކޮޅެއް” ގޮވައިގެން ކަމަށް ބުނެއެވެ.

ބައެއް މީހުން ބުނަނީ އެ އޯޑިއޯތަކުގައި އަލީ ވަހީދުކަމަށް ބެލެވޭ މީހެއްގެ ބަސްމަގު ހުރި ގޮތުން ހައިރާން ވާ ކަމަށެވެ. މިއީ ހަގީގަތެއް ނަމަ ބައެއް މީހުން ޓްވިޓާގައި ބުނެފައިވަނީ މިއީ އަލީ ވަހީދު އަމިއްލަ އަށް އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ އަމަލެއް ކަމަށެވެ. އަދި އަނެއް ބަޔަކު ގެންދަނީ އޭނާ މަގާމުން ވަކިކުރަން ސަރުކާރުން ގޮވާލަމުންނެވެ. އޯޑިއޯ އަޑުއަހާއިރު، އެއީ ފޭކެއް ކަމަށް ގިނަ ބަޔަކު ގަޫލެއް ނުކުރެއެވެ. އަދި އެއީ އަލީ ވަހީދުގެ އަޑާއި، ރާގުކަމަށް ބުނެއެވެ.

ގިނަ މީހުންގެ ކަންބޮޑުވުން މި އޯޑިއޯ އާއި އެކު ވަނީ އިތުރުވެފައެވެ. ކޮންމެއަކަސް އަޑު މިއިވެނީ “ވަރަށް ދެރަވަރު ވަރަށް ދެރަ ފެންވަރުގެ” ވާހަކަތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: