ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅުވަކަރު މިސްކިތުގައި ބޭނުން ކުރި ވަޅު، އަލުން ކަޅުވަކަރު މިސްކިތަށް!

ކަޅުވަކަރު މިސްކިތުގައި ބޭނުން ކުރި ވަޅު، އަލުން ކަޅުވަކަރު މިސްކިތަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ގު މުއްދަތަކަށް ދެމިހުންނާނެހެން މަރާމާތުކޮށްފައިވާ ތާރީހީ ކަޅުވަކަރު މިސްކިތުގައި ބޭނުން ކުރި ވަޅު، މިސްކިތުގައި ބަހައްޓައިފި އެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެެއްތަނަށް ބަދަލުކުރެވޭނެހެން ހަދާފައިވާ އިމާރާތެކެވެ. ރާއްޖޭގައި ހުރި އެންމެ ޒަމާންވީ އެއް މިސްކިތް މީގެ ކުރިން ހުރީ ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެންނެވެ. އެމިސްކިތް ރޫޅާލާފައިވަނީ ސަލްޓަން ޕާކު ރަސްެރަނީގެ ނަމުގައި ތަރައްގީކޮށް އެތަނުގައި ވިންޓާ ތީމް ޕާކެއް ތަރައްގީ ކުރުމަށެވެ.

ކުރިން ދިރާގުގެ ހެޑް އޮފީސް ހިންގަމުން އަންނަ ބިމުގައި ރާވަމުން އަންނަ ކަޅުވަކަރު މިސްކިތުގެ ވަޅު ރަސްމީކޮށް ބަހައްޓާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން ހެރިޓޭޗްގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ކަޅުވަކަރު މިސްކިތުގެ މައިގަނޑު މަސައްކަތްތައް ނިންމާލާފައިވާއިރު، މިސްކިތް ރޫޅާލިއިރު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހެރިޓޭޖް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. މިސްކިތުގެ ގެއްލުން ލިބިފައި ހުރި ގާތައް ވެސް އަލުން ހަދަން ޖެހުނުއިރު މަސައްކަތް ކުރިޔަށް ގެންދިޔައީ ޑިޒައިނާއި އެއްގޮތަށް ހިރިގާ ޑިޒައިންކޮށްގެންކަމަށް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

ހެރިޓޭޖް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިމުމުން އެ މިސްކިތް ބަހައްޓާނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް މި މިސްކިތުގައި އާންމުންނަށް ނަމާދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަޅުވަކަރު މިސްކިތުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ ނިމިފައި

ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޯރިގް ވިދާޅުވީ މިހާރު އެ މިސްކިތުގައި ލަކުޑީގެ ގޮތުގައި ބޭނުން ކޮށްފައިހުންނާނީ ހައިވަކަރާއި ކަޅު ވަކަރު ކަމަށެވެ. އަދި ހައި ވަކަރު ބޭނުންކޮށްފައިވާނީ ކުރިން ކަޅުވަކަރުން ހަދާފައި ހުރި ތަންތަން އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުން ކަމަށެވެ. މިސްކިތު ގޯތި ތެރޭގައި މީގެ ކުރިން ވުޟޫ ކުރުމަށް ބޭނުންކުރި ވަޅު މިހާރު މިސްކިތުގެ މަސައްކަތް އެއްކޮށް ނިމުމުން ހުންނާނެ ކަމަށެވެ. ވަޅު އަދި ބެހެއްޓިފައި ނުވަނީ މިސްކިތް ރޭވުމަށް ހަދާފައި ހުރި ހަރުގެއަށް ވަޅު ފައްތަން ކޮނުމުން ލޮޅުން އަރާނެތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހަރުގެ ރޫޅާލުމާއެކީ ވަޅު ބެހެއްޓުމުގެ މަސައްކަތް ފަށިގެންދާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކަޅުވަރު މިސްކިތް ރާވާ ނިމުނަސް އެ މިސްކިތް ރަސްމީކޮށް ހުޅުވޭނެ ތާރީހެއް އަދި ކަނޑަނާޅައެވެ. މާލޭގައި ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތްހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި 2.9 މިލިއަން ރުފިޔާ އަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

ކަޅުވަކަރު މިސްކިތަކީ ރޫޅާލައިގެން އެއްތަނުން އަނެެއްތަނަށް ބަދަލުކުރެވޭނެހެން ހަދާފައިވާ އިމާރާތެކެވެ. ރާއްޖޭގައި ހުރި އެންމެ ޒަމާންވީ އެއް މިސްކިތް މީގެ ކުރިން ހުރީ ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެންނެވެ. އެމިސްކިތް ރޫޅާލާފައިވަނީ ސަލްޓަން ޕާކު ރަސްެރަނީގެ ނަމުގައި ތަރައްގީކޮށް އެތަނުގައި ވިންޓާ ތީމް ޕާކެއް ތަރައްގީ ކުރުމަށެވެ.

މި މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެއްކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: