ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިވެޓް އަދި ޕަބްލިކް ޕާކިންގ ޖާގަތައް ބޭނުންކުރުމުގެ ގަވާއިދު އާއްމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ތަރައްގީކުރާ ޕާކިން އިމާރާތްތަކާއި ގުޅޭ ގަވާއިދު އާންމުކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގެޒެޓުކުރި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުސޫލުން ތަރައްގީކުރާ ޕާކިންގ އިމާރާތްތަކާއި ގުޅޭ ގަވާއިދުގައި ވަނީ ޕްރައިވެޓް ޕާކިންގ އަދި ޕަބްލިކް ޕާކިންއާއި ގުޅޭ ޝަރުތުތަކާއި އަމަލުކުރަންވީ އުސޫލުތައް އާންމުކޮށްފައެވެ.

ފާކިންގ އިމާރާތްތަކުގެ ޕްރައިވެޓް ޕާކިންގ ޖާގަތައް މިނިސްޓްރީގައި ރަޖިސްކުރަން ޖެހޭއިރު އެ ޖާގަތައް އޮޕަރޭޓްކުރާ ފަރާތުގެ ނަމުގައި ވަކި ރަޖިސްޓްރީއެއް މިނިސްޓްރީން ދޫކުރަން ޖެހޭ ކަމަށް ގަވައިދު ބުނެއެވެ. އަދި ރަޖިސްޓްރީ ދޫކުރުމުގައި ފީއެއްގެ ގޮތުން 300 ރުފިޔާ ދެއްކުމަށް ގަވައިދުުގައި ވެއެވެ.

ޕާކިންގ ޖާގަ ރަޖިސްޓްރީ ކުރުމަށް އެދި ހުށައެޅޭނީ އިމާރާތުގެ ވެރިފަރާތަށް ނުވަތަ އިމާރާތުގެ ޕާކިން އޮޕަރޭޓްކުރާ ފަރާތަށް ނުވަތަ އެކަން ކުރުމުގެ ބާރު ދީފައިވާ ފަރާތަކަށެވެ. ރަޖިސްޓްރޭޝަން މުއްދަތުގައި ފޯމުތައް އިސްލާހުކުރުމަށް 7 ދުވަހުގެ މުއްދަތެެއް ދިނުމަށް ފަހު އިސްލާހުނުކުރާ ފޯމުތައް ބާތިލްވާނެ ކަމަށް ގަވައިދު ބުނެއެވެ.

ޕާކިންގ ޖާގަތައް، 18 އަހަރު ފުރިހަމަވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އަދި ވިޔަފާރިތަކަށް ވިއްކައި ކުއްޔަށް ވެސް ދެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވާއިރު، އެ ޖާގަތައް ވިއްކޭނީ މަދުވެގެން 8 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ ޖާގަތައް ގަންނަ ފަރާތަށް އެ ފަރާތެއްގެ ޖާގަ މާލީ އިދާރާއެއް މެދުވެރިކޮށް އެހެން މީހަކަށް ވިއްކުމުގެ އިހްތިޔާރު ގަވައިދުން ލިބިދެއެވެ.

ޕަބްލިކް ޕާކިން ޖާގައިގެ ގޮތުގައި އާއްމުންނަށް އުޅަނދު ޕާކުކުރެވޭ ގޮތަށް ހުރި ޖާގަތަކަކީ ވަކި ރަޖިސްޓްރީއެއް ހަދައިދެވޭނެ ޖާގަތަކެއް ނޫން ކަމަށް ގަވައިދުގައި ވަނީ ބުނެފައެެވެ. އެހެންނަމަވެސް ވަކި ވަގުތުތަކަކަށް ޕާކުކުރުމުގެ ފީ ނަގައިގެން ޖާގަ ދޫކުރުމާއި އަދި ވަކި މުއްދަތަކަށް ޕާކުކުރާނެ ޖާގަ ކުއްޔަށް ދޫކުރުން ވަނީ ގަވާއިދުގައި ހުއްދަކޮށްފައެވެ. ވަކި ވަގުތަކަށް ދޫކުރެވޭ މި ޖާގަތަކަށް ފީއެއް ކަނޑައަޅާނީ އެ ޕާކިންގ ބިލްޑިންއެއް އޮޕަރޭޓްކުރާ ފަރާތުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: