ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންކުރެވޭހެން ހުޅުވާނުލާތީ އެޗްޑީސީގެ އެމްޑީއަށް ކުޑޫގެ ސުވާލުތަކެއް!

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރި މެކޭނިނަލް ޕާކިން ސިސްޓަމެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި މެކޭނިކަލް ކާރު ޕާކިން ސިސްޓްމްތައް ބޭނުންކުރެވޭނެހެން ހުޅުވާނުލާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރަށް ސުވާލުތަކެއް ހުށަހަޅުއްވައިފިއެވެ.

އެޗްޑީސީގެ އެމްޑީ ޒުހައިރަށް މެމްބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުފައިވަނީ، އެ ސިސްޓަމްތައް ބޭނުންކުރެވޭހެން ހުޅުވާނުލައި ހުންނަތާ މިހާރު ހަތް އަހަރާއި ހަތް މަސް ވެފައިވާ ކަމަށެވެ. 300 އުޅަނދު ޕާކްކުރެވޭ ޖާގަ ހިމެނޭ އެ ސިސްޓަމްތަކަކީ މިހާތަނަށް އާންމު ރައްޔިތަކަށް ވެސް ދައުލަތަށް ވެސް އެއްވެސް ފައިދާއެއް ނުލިބި ބޮޑު އިސްރާފެއްގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ކުޑޫ ވިދާޅުވީ، އެ ޕާކިން ސިސްޓަމްތަކުން ކޮންމެ ޖާގައެއް ދުވާލަކަށް 100ރ. އަށް ކުއްޔަށް ދިން ނަމަވެސް، މިއަދާ ހަމައަށް ދައުލަތަށް 83 މިލިއަން ރުފިޔާ ލިބުނީސް ކަމަށެވެ.

އެހެންކަމުން، އެ ސިސްޓަމްތައް އަލުން އާންމު ބޭނުމަށް ހުޅުވާލުމަށް މަރާމާތުކޮށް އަމަލީ ގޮތުން އެ ތަންތަން ބޭނުންކުރަން ފެށުމަށް ޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަކީ ކޮބާތޯ އޭނާ ސުވާލުކުރެއްވިއެވެ.

އެ މަސައްކަތް ފުރިހަމަނުކޮށް އާންމު ބޭނުންތަކަށް ހުޅުވާނުލައި އެހާ ދިގު މުއްދަތެއް ހޭދަވެފައިވުމުން ގެއްލުނު އޮޕޮޗުނިޓީ ކޯސްޓަށް ސީދާ ގޮތެއްގައި ޒިންމާވާނީ ކޮން މުއައްސަސާއަކުންތޯ ވެސް ކުޑޫ އެއްސެވިއެވެ.

އެޗްޑީސީން ނުވަތަ އެހެން އެއްވެސް އިދާރާއަކުން އެ ސިސްޓަމްތައް އަލުން ބޭނުންކުރަން ގަސްތުކުރޭތޯ އާއި އެތަންތަން ބޭނުންކުރަން ގަސްތުކުރާނަމަ އެކަން ކުރާނީ ގޮތާއި ތާރީހުތައް ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އެ ސިޓީގައި ކުޑޫ ވިދާޅުވެފައިވަނީ، އެ ސިސްޓަމްތަކުގެ ތެރެއިން ބޮޑުބައި ބަލާބެލުމަށް މިހާރު ވެސް ރަނގަޅުކަމަށް ފެންނައިރު، އޭގެ ތެރެއިން އެއް ސިސްޓަމް ރޫޅާލުމަށްފަހު ފޭސް އެކެއްގެ އޯޝަން ފްރަންޓް އިމާރާތުގެ ކުރިމަތީގައި އޮންނަ ހުސްބިމުގައި ބަހައްޓާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމްކޮށްފައިވަނީ، އޯޝަން ފްރަންޓް، ދިއްދޫ ހޮޓާ، ފްލެޓު 2، އެސްޖޭ މޯލް، ޣާޒީ ސްކޫލު އަމީން އެވެނިއު، އަދި ރަޝީދު މިސްކިތް ކައިރި ހިމެނޭހެން އަށް ސަރަހައްދެއްގައެވެ. އެގޮތުން އެފަދަ 10 ޕާކިން ސިސްޓަމް ބަހައްޓާފައިވާއިރު، އޭގެ ތެރެއިން ރޫޅާލާފައިވަނީ ރަޝީދު މިސްކިތް ކައިރީގައި ބެހެއްޓި ޕާކިން ސިސްޓަމެވެ.

މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާއިރު، ދަގަނޑުތަކުގައި ދަބަރު ޖަހައ،ި ބާވެ، ބައެއް ސިސްޓަމްތައް ހުރީ މަރާމާތުކުރަން ޖެހޭ ހާލަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: