ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުޗާ ދޫކޮށްލަން ނިންމުމުގައި ޕެރޯލް ބޯޑުން އަމަލުކުރި ގޮތް ތަހުގީގުކުރަން މަޖިލީހަށް!

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އުމުރު ދުވަހުގެ ހުކުމެއްގައި ހުރި އިބްރާހިމް ރަޝީދު (އަބުޗާ)، މިނިވަންކުރުމުގައި ޕެރޯލް ބޯޑުން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގަތީ، ގާނޫނުއަސާސީގެ ދަށުން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާނުކުރާ ކަންތައްތައް ބެލުމާއި ޖަވާބުދާރީކުރުވުމަކީ މަޖިލީހުގެ މަސްއޫލިއްޔަތަކަށް ވާއިރު، އަބުޗާ ދޫކޮށްލުމުގައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރި ގޮތް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ތަހުގީގުކުރުމަށެވެ.

އެ ސިޓީގައި އެދިފައިވާ ކަންކަމުގެ ތެރޭގައިި އެ ބޯޑުން ޕެރޯލްގެ މުއްދަތު ގުނާފައިވާ ގޮތުގެ ތަފްސީލުތަކާއި ޕެރޯލް ބޯޑުގެ ޔައުމިއްޔާތަކާއި މެމްބަރުން ބައްދަލުވުމުގައި ވޯޓު ދިން ގޮތުގެ ތަފްސީލުތަކާއި ޕެރޯލް ދިނުމަށް ނިންމި ނިންމުމުގެ ރަސްމީ ލިޔުންތައް ދިރާސާކުރުން ހިމެނެއެވެ.

އޭގެ އިތުރުން، އެ ނިންމުމަށް ވާސީލުވި ގޮތް ސާފުކޮށްދޭން، ޕެރޯލް ބޯޑުގައި ނިންމުން ނިންމި ހުރިހާ މެމްބަރުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ކުޑޫ އެދިވަޑައިގެންފައިވެއެވެ.

އޭނާ ދޫކޮށްލަން އުޅޭކަން އަދި ދޫކޮށްލިކަން ހޯމް މިނިސްޓްރީއަށް އެނގުނު ތާރީހާއި ވަގުތާއި އެ ނިންމުމުގެ ކުރިންނާއި ފަހުން ޕެރޯލް ބޯޑާއި މިނިސްޓްރީއާ ދެމެދު ކުރެވުނު މުއާމަލާތްތައް ސާފުކޮށްދޭން ހޯމް މިނިސްޓްރީގެ އިސްވެރިން ހާޒިރުކޮށްދިނުމަށް ވެސް އެ ސިޓީގައި އެދިވަޑައިގަތެވެ.

އެ މައްސަލައިގައި ނުފޫޒެއް އޮތްތޯ ނުވަތަ މަގާމުގެ ނާޖާއިޒު މަންފާ ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް މަންފާއެއް ހޯދައިދީފައިވޭތޯ ބެލުމަށް ޓަކައި އޭސީސީ އާއި ފުލުހުން މެދުވެރިކޮށް ތަހުގީގެއް ހިންގަންޖެހޭ ފަދަ އަަސާސެއް އޮތްތޯ ބަލައި އެކަމަށް ރަސްމީކޮށް އެދުމަށް ވެސް އޭނާ ހުށަހަޅާފައިވެއެވެ.

އަބުޗާ ދޫކޮށްލަން ނިންމި ނިންމުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އިއްޔެ އޭނާ އަލުން ހައްޔަރުކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ޕެރޯލް ބޯޑުން އޭނާ ދޫކޮށްލަން ނިންމުމުގައި ޕެރޯލްގެ މުއްދަތު ގުނާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައިގައި ޕެރޯލް ބޯޑުގެ މެމްބަރުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: