ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު މަސްވެރިކަން ދަށަށް

މަސްވެރިން މަސް ބޭނުން / ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް މަހާއި އަޅާބަލާއިރު ފާއިތުވި މެއި މަހު މަސްވެރިކަން ދަށަށް ގޮސްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް 693 ދޯންޏަކުން ވަނީ، 1791 ޓަނުގެ މަސް ކިރާފައެވެ. އަދި ކިރުވާފައިވާ މަހަށް 31،081،853 (އެއް ތިރީސް މިލިއަން އަށްޑިހަ އެއްހާސް އަށް ސަތޭކަ ފަންސާސް ތިން) ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެގޮތުން 1708.9 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، ކަޅުބިލަމަހަށް 29،063،153 (ނަވާވީސް މިލިއަން ފަސްދޮޅަސް ތިން ހާސް ސަތޭކަ ފަންސާސް ތިން ރުފިޔާ) ދޫކޮށްފައިވެއެވެ. މިއީ 367 ދޯނިން ކިރުވާފައިވާ މަހެވެ. ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 138،000 (ސަތޭކަ ތިރީސްއަށްހާސް ރުފިޔާ) ޖަމާކޮށްފައިވެއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 217 ދޯންޏަކަށް ޖަމާކޮށްފައިވަނީ 1،880،700 (އެއް މިލިއަން އަށްސަތޭކަ އަށްޑިހަ ހާސް ހަތް ސަތޭކަ) ރުފިޔާއެވެ.

މިފްކޯއިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިދިޔަ މަހު މަސް ކިރުވި މިންވަރު އެޕްރީލް މަހާއި އަޅާބަލާއިރު ވަނީ ދަށްވެފައެވެ. އޭޕްރިލް މަހު 78 މިލިއަން ރުފިޔާގެ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

ސަންގަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ޕަބްލިކް ރިލޭޝަންސް ސީނިއާ މެނޭޖަރ ޝިފްޒާ މުސްތަފާ ވިދާޅުވީ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ދަށްވީ މަސްވެރިކަން ދަށްވުމާއި، އީދު ބަންދުގައި މިފްކޯއަށް މަސް ގަތުން މެދުކަނޑާލުމާ ގުޅިގެން ކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަން ފުޅާކޮށް، ލިބޭ އާމްދަނީ އިތުރުކުރުން ކަމަށްވާއިރު، ސަރުކާރުން އަންނަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ. އަދި މަސްވެރިންނަށް ޚާއްސަ އަގެއްގައި ދަނީ، ތެޔޮ ދޫކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރު ކުޑަކުރުމެވެ. މިގޮތުން، މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ޓަކައި މީގެ ކުރިން 4 ސަރަހައްދަކުން ލިބެމުންދިޔަ ހެޔޮ އަގުގެ ތެޔޮ، މިހާރު ރާއްޖޭގެ 14 ސަރަހައްދަކުން ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ސަރުކާރުން ގެންގުޅޭ މި ސިޔާސަތުގެ ދަށުން މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: