ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިކްސް ސެންސް އިން ދެ ފަތުރުވެރިއަކު މޮނީޓަރިންއަށް!

ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިކްސެންސް އިން ދެ ފަތުރުވެރިއަކު މޮނީޓަރިންއަށް! - ފޮޓޯ: ސިކްސް ސެންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިކްސް ސެންސަސް ލާމު ރިސޯޓްގައި ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ރާއްޖެ އެތެވުމުގެ ކުރިން ކޮރޯނާއަށް ޕޮޒިޓިވި މީހަކާއި ކޮންޓެކްޓުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ މީހުން މޮނީޓާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސިކްސް ސެންސަސް ލާމު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިން އައިސޮލޭޓުކޮށް އެ މީހުން މޮނީޓާރ ކުރާއިރު އެ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނެއެވެ. އެހެން ނަމެސް އެ މީހުން ރާއްޖެ އައުމުގެ ކުރިން ބައްދަލުވީ މީހަކު މިހާރު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާތީ އެކަން އެޗްޕީއޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކާއި އެ މީހުން އައި ގައުމުން ކޮންޓެކްޓް ވެފައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

https://twitter.com/HPA_MV/status/1238179284226674688

އެޗްޕީއޭއިން ބުނެފައިވަނީ އެ މީހުން އައިސޮލޭޓުކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމަށެވެ.

މި ވައިރަހަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: