ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަށައިގެން ތިބި މީހުން އެކަނި އެއްކޮށްގެން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ: ސޯލިޙް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަށައިގެން ތިބި މީހުން އެކަނި އެއްކޮށްގެން މަސައްކަތް ކުރިއަސް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެކަމަށާއި، މިކަން ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދާ ”އިތުބާރު“ ކެމްޕޭނުގެ ދަށުން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫގައި ބޭއްވި މި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ އެންމެ ޕާޓީއެއް މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށާއި، ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ އެތެރޭގެ ބާރުގެ އިތުރުން ބޭރުގެ އެހީތެރިކަންވެސް ބޭނުންވާނެއެވެ.

”ތިމަންނަޔާ ތިމަންނަ ވަށައިގެން ތިބި މީހުން އެކަނި ކައިރި ކޮއްގެން އިންތިޚާބެއް، ޚާއްސަކޮއް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ“ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވިއެވެ.

މިވަގުތު އޮތް އެންމެ ވަރުގަދަ އިދިކޮޅު ޕާޓީއަކީ އެމްޑީޕީކަމަށް ރިއާޔަތްކޮށް، ސޯލިހު ވިދާޅުވީ މިވަގުތުވެސް 60,000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީގައި ރެޖިސްޓަރުވެ ތިބި ނަމަވެސް، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ލައްކައެއްހާ މެމްބަރުން ބޭނުންވާނެކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި އެކި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުތަކުގެ ތާރީޚަށް އަލިއަޅުވާލައްވަމުން ސޯލިހު ވިދާޅުވީ، 2008 ވަނަ އަހަރާއި، ރައީސް ޔާމީނު އިންތިހާބުވި 2013 ވަނަ އަހަރާއި، އަދި އެމަނިކުފާނު އިންތިހާބުވި 2018 ވަނަ އަހަރުވެސް ކާމިޔާބު ލިބިފައިވަނީ ކޯލިޝަންތަކުގެ ސަބަބުން ކަމަށެވެ. ވަކިން ޚާއްސަކޮއް، އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މެދުގައި އޮތް ގުޅުމުގެ ސަބަބުން ހަރުދަނާ މަސައްކަތްތަކެއް ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: