ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މުސާރަދޭ ބައެއްގެ އަދަދަށް އާދޭސް ކުރަންޖެހުމަކީ ލަދުވެތި ކަމެއް: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދޭ ބައެއްގެ އަދަދުތައް ކަށަވަރުކުރުމަށް އާދޭސްކުރަމުންދާންޖެހުމަކީ ލަދުވެތިވާންޖެހޭކަމެއްކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރު މީކާއިލްވަނީ ދިވެހިރާއްޖޭގެ މާލީ ކަންކަން ހުރި ގޮތުގެ ތަފްސީލުތައް ހާމަކުރުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން އައްޔަނުކޮށްފައި ތިބި މުއައްޒަފުންތަކެއް އެއްވެސް މަސައްކަތެއް ހަވާލުނުކޮށް ގޭގައި ބައިތިއްބައިގެން ބައި މިލިއަނެއްހާ ރުފިޔާ މުސާރައިގެ ގޮތުގައި ހަރަދުކުރަމުންދާކަމާއިމެދު ނޫސްވެރިންވެސް ސަރުކާރާއި ސުވާލުކުރަންޖެހޭކަމަށެވެ.

މީކާއިލް ވިދާޅުވީ، ސަރުކާރުން ސިޔާސީ މުއައްޒަފުންތަކަކަށް އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލާ ހަރަދުކުރަމުންދަނީ ގައުމުގެ މާލީ ހާލަތު ދަށަށް ގޮސްފައި އޮތުމުންތޯވެސް ސުވާލު ކުރަން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ސަރުކާރުގެ އާދައަކަށް ވެފައިވާކަމަށާއި ސިހުރު ފަންޑިތައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށް ލަފާކުރެވޭ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ހުންނެވީ ގައުމުން ބޭރުގައި ނަމަވެސް އޭނާއަށްވެސް ބަރާބަރަށް މުސާރަ ޖަމާވަމުންދާކަމަށެވެ.

އޭނާ ވިދާޅުވި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި 2024 ވަނަ އަހަރާއި ޖެހިފައިވާއިރު ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ ބައެއްގެ އަދަދުތައް ކަށަވަރުކޮށްދޭން ސަރުކާރުގައި އާދޭސްކުރަންޖެހިފައިވުމަކީ ”ލަދު“ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: