ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

36 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަނެފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހު ރާއްޖެ އައި ބޯޓަކުން 36 ކިލޯގެ މަސްތުވާތަކެތި ގެނައި މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ބަންދު އަމުރެއްގައިވާ ގޮތުން، ފުލުހުން ވަނީ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހު ރާއްޖެ އައި ބޯޓަކުން ގެނައި ޝިޕްމަންޓަކުން ފެނުނު 36 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ޒަފަރު އަހްމަދު ކިޔާ ޕާކިސްތާނު މީހަކު ހައްޔަރުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާއިރު ފުލުހުން ތުހުމަތުކުރަނީ އޭނާއަކީ އެ ތަކެތި އެތެރެކުރުމުގައި އިސް މީހެއް ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލްއެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ 29 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން މީގެ ކުރިން ބުނެފައިވެއެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި މައްސަލައިގައި މީގެ ކުރިން ދެ ދިވެއްސަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ، މާލެއަށް ނިސްބަތްވާ 35 އަހަރުގެ ވިޝާމް މުޙައްމަދާއި މ. މުލައް، މަދާރުގެ 26 އަހަރުގެ ޙަސަން މަފާޒެވެ. 

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެނަމަ، އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ. ދިވެހިރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރި ނަމަވެސް، 25 އަހަރު ތަންފީޒުކޮށް ނިމުމުން ބަންދުން ދޫކޮށްލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: