ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 ކިލޯގެ މަސްތުވާތަކެއްޗާއެކު މާމެންދޫއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ކަމުގެ ތުހުމަތަށް ގއ. މާމެންދޫން ހައްޔަރުކުރި ދެ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފިއެވެ.

އަޕަރ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގއ. މާމެންދޫގެ ދެ ގެއަކުން 17.7 ކިލޯ ޑްރަގް ހޯދައި އެ މައްސަލާ ގުޅުންހުރި ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެ މީހުންގެ ބަންދަށްވަނީ ކޯޓުން 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މާމެންދޫގެ ދެ ގެއެއް ބަލައިފާސްކޮށް، ފުލުހުން ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި، ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި އެ ދެ މީހުންނަކީވެސް އެ މަސްތުވާތަކެތީގެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި ޖުމްލަ 17.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އަޕަރ ސައުތު ޕޮލިސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެ ވެސް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: