ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިދޫގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ދަނޑުވެރިކަަމަށް ބޭނުންކުރާ ކެމިކަލް ނުޖެހުމަށް އަންގައިފި

މީހަކު އޭނާގެ ދަނޑުބިމެއްގައި ގަސްތަކަށް ފެން ޖަހަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ އެއްވެސް ކެމިކަލެއް ބޭނުން ނުކުރުމަށް ކާށިދޫ ކައުންސިލުން އަންގައިފިއެވެ.

ކާށިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވަނީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައިވާ ގޯތިތަކާއި ދަނޑުތަކުގައި ކެމިކަލް ބޭސް ބޭނުން ކުރަމުންދާކަމުގެ ޝަކުވާ އެ ކައުންސިލުގެ އިދާރާއަށް ލިބެމުންދާކަމަށް ބުނެފައެވެ.

ކެމިކަލް ބޭސް ކުރުމުގެ އާންމު މިންގަނޑުތަކާއި ހިލާފަށް އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުންކުރާނަމަ އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދިން ފަރާތުން ނަގަންޖެހޭނެކަމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތަކަކީ ބަލި މީހުންނާއި ކުޑަ ކުދިން ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށައެޅުމުގެ ފުރުސަތު ބޮޑު އަމަލުތަކަކަށްވާތީ، މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތްތަނުގައި ގޯތިތަކާއި އަވަށާއި ކައިރީގައި ދަނޑުވެރިކަންކުރާ ސަރަޙާއްދުތައް ބަލާ މޮނިޓަރކޮށް ކެމިކަލް ބޭސް ބޭނުންކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ވަނީ އަންގާ އިއުލާނުކޮށްފައެވެ.

ދިވެހިރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ސިއްހަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށް ޓަކައި އެ ތަކެތި ޓެސްޓުކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށާއި، މިކަމުގެ ގާބިލުކަން ހޯދުމަށް ޓަކައި މިނިސްޓްރީންނާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ އުފެއްދުންތައް ތަހުލީލުކުރުމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގާނޫނާ ހިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްތަކަށް ގާނޫނުގައި ވަނީ އަދަބު ކަނޑައެޅިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: