ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން ބާއްވައިފި

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގައި ބާއްވައިފިއެވެ.

މިއަދު ހަވީރު އައްޑޫ ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމުގެ އިތުރުން، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، ދަރިވަރުންނާ މުހާތަބްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ފަހަރުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުހައްމަދު ނަޒީހު ރަޝީދު (ސ.ނ 9047) އެވެ. އެހެން ވަނަތަކަށް ބަލާއިރު:

  • ހަށިހެޔޮކަމުން އެއްވަނަ (ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް): ޕްރައިވެޓް އައިޝަތު ރަނާ އަބްދުއް ރަޙްމާން (ސ.ނ 9076)
  • ހެވިކަމަށް އެންމެ މޮޅު ދަރިވަރު (ކޮމާންޑަރ އިސްމާއީލް ދީދީ އެވޯޑް): ޕްރައިވެޓް އަނޫސް މުހައްމަދު (ސ.ނ 9058)
  • އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރު (މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް): ޕްރައިވެޓް މުހައްމަދު ރަޒާން އަލީ ޒާހިރު (ސ.ނ 9156)

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަކަށް ހޮވުނީ ޝަހީދު ކޯޕްރަލް ހުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ. މީގެ އިތުރުން އެ ކޮމްޕެނީގެ އެކި ޕްލެޓޫންތަކުން އެއްވަނަ ހޯދި ދަރިވަރުންނަކީ ޕްރައިވެޓް ފާތިމަތު ސަރާ އާދަމް، ޕްރައިވެޓް އައިޝަތު ރަނާ އަބްދުއް ރަޙުމާން، ޕްރައިވެޓް މާއިޒް މުހައްމަދު ޒުހައިރު އަދި ޕްރައިވެޓް އުލްވާން އަތޫފް އަރީބެވެ.

ޖުމްލަ 137 ދަރިވަރުން ދަސްވެނިވި މި ކޯހަކީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޯހެކެވެ.

ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ އަޒުމް ލައިދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޑރ. ހުސައިން އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ އިސް އޮފިސަރުންނާއި، މުދައްރިބުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.

އަސާސީ ތަމްރީނު ކޯހަކީ ސިފައިންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ އިލްމާއި ހުނަރު އުނގަންނައިދީ، ގައުމިއްޔަތަށް ލޯބިކުރާ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިންތަކެއް ބިނާކުރުމަށް ހިންގާ މުހިންމު ތަމްރީނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: