ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޫ ކްލިނިކްއަށް ދިޔަ މީހުންގެ ތެރެއިން 121 މީހެއްގެ ސާމްޕަލް ނެގި، އެންމެން ވެސް ނެގެޓިވް!

ފްލޫ ކްލިނިކްއަށް ދިޔަ މީހުންގެ ތެރެއިން 121 މީހެއްގެ ސާމްޕަލް ނެގި، އެންމެން ވެސް ނެގެޓިވް!
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވައިރަސް ފެނިފައިވާއިރު މި ދެ ދުވަހުގެ ތެރޭގައި ސެނެހިޔާގެ ފްލޫ ކްލިނިކަށް އައި 121 މީހެއްގެ ސާމްޕަލް ނަގާ އެ އެެންމެންގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮރޯނާ ވައިރަސްގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ، މިހާރުގެ އުސޫލުންނަމަ ޓެސްޓު ކުރާނެއެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި މި ދެ ދުވަހު ޓެެސްޓު ހެދި މީހުންގެ ތެރެއިން ނަތީޖާ ލިބުނު އެއްވެސް މީހެއް ވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި، ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނު ޅ. ކުރެއްދޫ އައިލޭންޑް ރިސޯޓަށް އައި އިޓަލީ މީހާއާއި ކޮންޓެކްޓުވީ ދިވެހި މީހާވެސް ހިމެނެއެއެވެ.

އިތުރު ބައެއް ޓެސްޓު ނަތީޖާތައް ޕްރެސްކޮންފަރެންސްގައި ހާމަކުރައްވާ މަބްރޫކް ވިދާޅުވީ އިންޑިއާގެ ބެންގަލޫރުން އައި ދިވެހި މީހާ އާއި، ގިލިލަންކަން ފުށީގެ ދެ ބިދޭސީއެއްގެ އިތުރުން، އަނަންތަރާ ކިހާވަށްއިން އެއް ބިދޭސީއެއް އަދި މައި ސްކައި ޔޮޓްގެ ނަތީޖާތަކާއި ފުރަވެރިން ނެގި ދެ ސާމްޕަލްވެސް ނެގެޓިވެ ވަފައިވާކަމަށެވެ.

ދެ ފްލޫ ކްލިނިކްއެއް ގާއިމްކޮށްފައިވާއިރު އެތަނުން އެއް ތަނަކީ ޓެރެވެލް ފްލޫ ކްލިނިކްއެވެ. އަދި އަަނެއް ކްލިނިކްއަކީ ފްލޫ ކްލިނިކްއެވެ.
އެގޮތުން ސެނެހިޔާގައި ގާއިމްކޮށްފައިވާ ފުލޫ ކުލިނިކަށް ދިޔަ 860 މީހެއްގެ ތެރެއިން 121 ސާމްޕަލްއެއް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ، ޓްރެވެލް ރެސްޓްރިކްޝަންތައް ނެރެފައިވާ ގައުމުތަކުން އަންނަ ހުރިހާ ދިވެހިންވެސް ކަރަންޓީން ފެސިލީޓީއަކަށް ގެންދިއުމަށް ނިންމާފައެވެ. އަދި ބޭރުގެ ކޮންމެ ގައުމަކުން އަންނަ ދިވެއްސެއްވެސް 14 ދުވަސްވަންދެން އެކަހެރި ވާންޖެހެއެވެ.

ރާއްޖޭގައި ކޮރޯޏާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން މިހާރު ވަނީ އިތުރު ހަފްތާއަކަށް ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: