ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯސްޓްގާޑުން މިދިޔަ ހަފްތާގައި ސިއްހީ އަވަސް ފަރުވާ ބޭނުންވި 71 މީހަކު އުފުލައިދިން!

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ކަންކޮޅުތަކުން ސިއްހީ އަވަސް ފަރުވާއަށް ބޭނުންވި 71 މީހަކު ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެއްތަނުން އަނެއްތަނަށް އުފުލައިދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފުން ”އެކްސް“ގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ މެޑިކަލް އިވެކުއޭޝަން ދަތުރުތައް ކޮށްފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން އެ ސްކޮޑްރަންއިން 48 ދަތުރެއް ކޮށްފައިވެއެވެ.

މީގެ އިތުރުން، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ތިން ދަތުރު، ތާޑް ސްކޮޑްރަންއިން 13 ދަތުރު އަދި ފޯތު ސްކޮޑްރަންއިން ހަ ދަތުރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ސީ އެމްބިއުލަންސްގެ ހިދުމަތްވެސް މި މުއްދަތުގައި ބޭނުންކޮށްފައިވާއިރު، ސީ އެމްބިއުލަންސް E9 54 އިން ވަނީ އެއް މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައެވެ. ނަމަވެސް، މި ބަލިމީހުން އުފުލާފައިވާ ރަށްތަކާއި ބަލިމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމާ ހަމައަށް، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ބޮޑަށް ބޭނުންކުރަމުން އައީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ހެލިކަޕްޓަރުތަކެވެ. އެހެންނަމަވެސް، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާއެކު، މިހާރު އެމްއެންޑީއެފްގެ ވަސީލަތްތައް މިފަދަ ކަންކަމުގައި ބޭނުންކުރާ މިންވަރު ވަނީ ކުރިއަށްވުރެ މަދުވެފައެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުންގެންދަނީ މިނިސްޓްރީ އޮފް ހެލްތާއި، އާސަންދަ، އެންސްޕާ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގުޅިގެންނެވެ. މި ހިދުމަތަށް ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓަކީ އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖެހިފައިވާ ބޯޓެކެވެ. މި ހިދުމަތަށް ހާއްސަކޮށްގެން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން 15 މުވައްޒަފަކު ވަނީ ތަމްރީނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: