ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް!

ފޮޓޯ މީސްމީޑިއާ މަންސަ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 999،344 (ނުވަ ލައްކަ ނުވަދިހަހާސް ތިންސަތޭކަ ސާޅީސް ހަތަރެއް) އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ގާތްގަނޑަކަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 4.9 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1،050،632 (އެއް މިލިއަން ފަންސާސްހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ) ފަތުރުވެރިން އައިސްފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ދުވާލަކު އެވްރެޖްކޮށް 6،057 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި މި ހިނގާ މަހުގެ މިހާތަނަށް އެކަނިވެސް 55,353 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން، ވިޔަފާރީގެ ބޭނުންތަކަށް 8,029 ފަތުރުވެރިން އައިސްފައިވާއިރު، ކްރޫޒް ލައިނާތަކުގައި 14,847 ފަސެންޖަރުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން 154,823 ފަތުރުވެރިން މިހާތަނަށް އައިސްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި 137,267 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 83,143 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ދޮރާށިތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 972,238 (ނުވަ ލައްކަ ހަތްދިހަ ދެހާސް ނުވިސައްތަ ތިރީސް އަށް) ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 3,969 ފަތުރުވެރިން އެތެރެވިިއިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 3,451 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުން އަންނައިރު، މިހާރު ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 919 ގެސްޓްހައުސް އަދި 172 ސަފާރީ ދަނީ އޮޕަރޭޓްކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، އިގްތިސާދު ވަރުގަދަ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: