ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ބައިނަލްއަގުވާމީ އެޑިއުކޭޝަން ފެއަރ މި ހަފުތާގައި ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ބައިނަލްއަގުވާމީ ތައުލީމީ ފެއަރ، ”ކިއު-ސްޓަޑީ ފެއަރ 2026“ އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.

މި ފެއަރ ޖޫން މަހުގެ 18 އަދި 19 ވަނަ ދުވަހު ބާރްސެލޯ ހޮޓެލްގައި ބާއްވަން ހަމަޖެހިފައިވާއިރު، ޖޫން 20 ވަނަ ދުވަހު މި ހަރަކާތް ކުރިއަށްދާނީ ބްރައިޓްވޭ އިންޓަރނޭޝަނަލްގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުން މި ފެއަރގައި ބައިވެރިވާނެއެވެ.

ސަރުކާރުގެ ޔުނިވަރސިޓީތަކާއި، އަމިއްލަ ޔުނިވަރސިޓީތަކުގެ އިތުރުން ބައިނަލްއަގުވާމީ ކެމްޕަސްތަކުގެ މަންދޫބުން މި ފެއަރގައި ބައިވެރިވާނެއެވެ. އަދި ދިވެހި ދަރިވަރުންނަށް ޔުނިވަރސިޓީތަކުގެ އިސް ބޭފުޅުންނާ ސީދާ ބައްދަލުކޮށް، ކިޔެވުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މި ފެއަރގައި ދުނިޔޭގެ ގަދަ 100 އާއި 300 އާ ދެމެދު ރޭންކް ކުރެވިފައިވާ ޔުނިވަރސިޓީތަކުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި، ޖަޕާން، އިނގިރޭސިވިލާތް، ވިލާތުގެ ގައުމުތައް، އިންޑިއާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ މަރުކަޒުތައް ހިމެނެއެވެ.

މި ފެއަރއަށް ޒިޔާރަތްކުރާ ދަރިވަރުންނަށް އެޑްމިޝަން ހޯދުމާއި، އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބިގެންދާނެއެވެ. ފެއަރ އިންތިޒާމުކުރާ ފަރާތުން ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި ނަމަކަށް ބާއްވާ ފެއަރއެއް ނޫން ކަމަށާއި، މި ފެއަރގެ މައިގަނޑު މަގްސަދަކީ ހަގީގީ ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ޝަރުތު ހަމަވާ ދަރިވަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިލޭ ފްލައިޓް ޓިކެޓް، ވިސާ ފީ މާފުވުން، ކޭޝްބެކް އޮފާތައް އަދި ފެއަރގެ ތެރެއިން ސީދާ ޔުނިވަރސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހިމެނެއެވެ.

ކިއު-ސްޓަޑީން ހަމައެކަނި އެޑްމިޝަން ހޯދައިދެނީއެއް ނޫނެވެ. އޭގެ އިތުރުން ވިސާގެ ކަންކަމުގައި އެހީތެރިވުމާއި، ހުންނާނެ ތަން ހަމަޖެއްސުމާއި، އެއާޕޯޓުން މަރުޙަބާ ކިޔުމާއި ފުރުވައިދިނުމާއި، މެޑިކަލް ޗެކަޕް ހެދުމަށް މަގުދެއްކުމާއި، ބޭންކް އެކައުންޓް ހުޅުވައިދިނުމުގެ އިތުރުން، ދަރިވަރުންގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ވިސާ ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެހެން އެޖެންސީތަކާ ހިލާފަށް، ކިއު-ސްޓަޑީގެ ހާއްސަކަމަކީ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ މުޅި މުއްދަތުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން ދަރިވަރުންނަށް ބޭނުންވާ ލޯކަލް ސަޕޯޓާއި ގާޑިއަންޝިޕް ހިދުމަތްތައް އެ ފަރާތުން ފޯރުކޮށްދެމުން ގެންދާނެއެވެ.

މި ފެއަރގެ އަނެއް ހާއްސަ ކަމަކީ، ދުނިޔޭގެ މަޝްހޫރު ”އަނަންތަރާ ގްރޫޕް“ގެ ދަށުން ހިންގާ ހޮސްޕިޓާލިޓީ އަދި ބިޒްނަސް މެނޭޖްމަންޓް ސްކޫލުން ބައިވެރިވުމެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ކިޔެވުމާއި ވަޒީފާގެ ރަނގަޅު ފުރުސަތުތަކެއް އެނގިގެންދާނެއެވެ.

ބެޗްލާސް ޑިގްރީ ނުވަތަ މާސްޓާސްއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނާއި، މުސްތަގުބަލުގައި މަތީ ތައުލީމުގެ މަގުތައް ބަލަން ބޭނުންވާ ހުރިހާ ދަރިވަރުންވެސް މި ފެއަރއަށް ޒިޔާރަތްކޮށް، މުހިންމު މައުލޫމާތު ހޯދުމަށް އިންތިޒާމުކުރާ ފަރާތުން އިލްތިމާސްކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: