ރަށުން ބޭރުގައި ވަޒީފާ އަދާކުރައްވާ ޕްރިންސިޕަލުންނަށް 5000 ރުފިޔާގެ އެލަވަންސެއްދޭން ނިންމައިފިއެވެ.
އެގޮތުން އަމިއްލަ ރަށް ފިޔަވައި އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް ރޫރަލް ރިޓެންޝަން ޕޮލިސީގެ ދަށުން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކަށް ފަސް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ރޫރަލް ރިޓެންޝަން ޕޮލިސީގެ ދަށުން ދޭ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނާއި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މިއަދު ބައްދަލުކުރައްވާ ވިދާޅުވީ ކުރިއަށްއޮތްތާގައި އެލަވެންސް އެއް ދެވޭނެ ކަމަށެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި ޕޮލިސީ އާއި ގުޅޭ އިތުރު މަޢުލޫމާތު ޕްރިންސިޕަލުންނާ ވަނީ ހިއްސާކުރައްވާފައެވެ.
މިއަރުވަނީ ޓީޗަރުންގެ މުސާރައަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މުސާރަޔާއި އިނާޔަތްތައް ބޮޑު ކޮށްފައިވަނީ ހަމަ އެކަނި ޓީޗަރުންނަށް ކަމުގައި ވިޔަސް އެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ މުއައްޒަފުންގެ މުސާރަޔަށް ބަދަލު ގެނެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ބުނެފަވެއެވެ.

