ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިސްކަންދަރު ވޯކާސް ޔޫނިއަން“ގެ ނަމުގައި ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްކަންދަރު ސްކޫލުގެ މުދައްރިސުން ”އިސްކަންދަރު ވޯކާސް ޔޫނިއަން“ގެ ނަމުގައި އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު، ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިގޮތުން މެމްބަރުގެ ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރު ޝަފީއު ވިދާޅުވީ އިސްކަންދަރު ވޯކާސް ޔޫނިއަންގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް އެންގެވީ މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. އަދި ޔޫނިއަން ރަޖިސްޓްރީކުރުމާ ބެހޭ ޤަވާއިދުގައި ޔޫނިއަންތައް އުފެއްދޭނެ ގޮތާއި ޔޫނިއަންތައް ހިންގޭނެ ގޮތުގެ މައުލޫމާތު ސާފުކޮށް ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޤާނޫނުގެ 12 ވަނަ މާއްދާގެ ’ހ’ގެ 4 ވަނަ ނުކުތާގައި، ޔޫނިއަންގެ ގޮތުގައި ރަޖިސްޓަރ ނުކުރެވޭނެ ނަންތައް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ދިވެހި ދައުލަތާއި، ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފަދަ ނަމެއް ޔޫނިއަންއަކަށް ބޭނުންނުކުރެވޭނެކަށެވެ.

ސްކޫލުގެ ނަމެއް ބޭނުންކޮށްގެން އެފަދަ ޔޫނިއަނެއް ރަޖިސްޓްރީކޮށް ދިނުމަކީ އެންމެ ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށާއި އެ މައްސަލަ ރަޖިސްޓްރާއަށް ހުށަހަޅަން ތައުލީމީ ވުޒާރާއިން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލުގެ ޕްރިންސިޕަލް އަމަލުކޮށްފައިވަނީ މިނިސްޓްރީން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށްކަންވެސް މިނިސްޓަރު ޝަފީއު ވަނީ ފާހަގަކުރައްވާފައެވެ. އާންމު އިދާރާތަކާއި ކުންފުނިތަކާ ޚިލާފަށް ސްކޫލުތަކަކީ ޚާއްސަ ހިފެހެއްޓުންތަކެއް ހުންނަ ތަންތަން ކަމަށާއި، ސްކޫލުތަކަކީ އެތައް ބައެއްގެ އިހުސާސްތަކަކާ ގުޅިފައިވާ ތަންތަން ކަމަށް، މިނިސްޓަރު ވިދާޅުވިއެވެ.

”އިސްކަންދަރު ނަން ބޭނުންކޮށްގެން މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން، ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދިދާނެކަމަށް ޤަބޫލުނުކުރަން“ ވަޒީރު ޑރ. އިސްމާއިލް ޝަފީއު

ސަރުކާރު ފެށުނީއްސުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެންދަވަނީ މުދައްރިސުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، އެކަށީގެންވާ މާހައުލެއްގައި މުދައްރިސުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ބިނާކުރައްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: