ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވް ވީ އިޓަލީ ދެ މީހުން ރާއްޖެއިން ފުރުވާލުމުގައި ސަރުކާރުގެ ބޮޑު އިހުމާލެއް! މައްސަލަ ތަހުގީގު ކުރަންޖެހޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

އައިލޭންޑް ސަފާރީއިން ފެނުނު ޕޮޒިޓިވް ކޭސްއާއި އެކު، ކޮންެޓެކްޓު ވެގެން ކަރަންޓީން ކުރި އިޓަލީ ފަތުރުވެރިންގެ ސާމްޕަލްގެ ނަތީޖާ ނަގާފައިވަނީ ރާއްޖޭގައި ކަމާއި އަދި އެ މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބުނުއިރު ގައުމަށް އެނބުރި ފުރާފައިވަނީ ކަރަންޓީނަށް ހޭދަކުރަންޖެހޭ މުއްދަތު ފުރިހަމަ ނުވަނީސް ކަމަށް ކަށަވަރު ވެއްޖެއެެވެ. 

އެނބުރި ގައުމަށް ފުރިގަފަހުން ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނަކީ އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުންނެވެ. އައިލޭންޑް ސަފާރީއިން އެންމެ ފުރަތަމަ ދެ މީހަކު ވައިރަހަަށް ޝައްކު ކުރެވޭ އަލާމްތަކެއް ހުރިކަން ފާހަގަވެ ސަރުކާރުން އެކަން މީޑިއާތަކާއި ހިއްސާކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ސާމްޕަލް ނެގި ދެ މީހުންގެ ނަތީޖާތައް ޕޮޒިޓީވް ވީކަން ހާމަކުރީ 15 ވަނަ ދުވަހުއެވެ. ފުވައްމުލައް ކައިރީގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެ ސަފާރީ ކަރަންޓީން ކުރިއެވެ.

ސަފާރީގައި ތިބީ ޖުމްލަ 16 ދިވެހިންނާއި 16 ބިދޭސީންނެވެ. އަދި އެ އެންމެން ވެސް ކަރަންޓީން ކުރިއެވެ. އެއަށްފަހު ސަފާރީ މޮނީޓާރ ކުރުމަށް ގެެނެސްފައިވަނީ ވިލިވަރު ކައިރިއަށެވެ. އަދި އެބޯޓުން އައިސޮލޭޝަނަށް ގެނެވުނު ދެ ފަޅުވެރިން ސަފާރީގައި ތިބޭ ގޮތަށް ހަމަޖެއްސިއެވެ.

ހުކުރު ދުވަހުގެ މެންދުރު އާއްމުގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވައެވެ. އެހެން ނަމެވެސް، މިއަދަށް ބައްދަލުވުމެއް ތާވަލުކޮށް ޕްރެސްގައި ބައިވެރިވެވަޑައިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ފުރުމުގެ ކުރިން ސާމްޕަލްއެއް ނެގިކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން ޓެސްޓުކުރާކަމަށާއި އަދި އެއީ “ރީސާޗް” ގެ ބޭނުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެެވެ.

“ރާއްޖޭގައި އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ނިންމާފައި ފުރައިގެންދިޔަ އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އަޅުގަނޑުމެންނަށް މިއަދު ފާހަގަކުރެވޭ. ކަރަންޓީން ނިންމާފައި ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ވެސް އަޅުގަނޑުމެންގެ ރިސާޗަށް ސާމްޕަލް ނަގަން. އެގޮތުން ނެގި ސާމްޕަލްގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން މިއަދު އަޅުގަނޑުމެން ފާހަގަކުރަން. އެ ދެ މީހުން އިޓަލީ އަށް ދަތުރުކުރަމުން ދަނީ،” އަމީން

މިނިސްޓަރު ވިދާޅުވީ އެ ދެމީހުން މިހާރު އިޓަލީ އަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެ ދެމީހުން މިއަދު ފުރާފައިވާނަމަ ފުރުން އެންމެ ގާތީ އެއިރޮފްލޮޓް ގައެވެ. އެ އެއާލައިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައިވަނީ މެންދުރު 11:30 ގައެވެ. އަދި ރަޝިއާގެ އެ އާލައިން މޮސްކޯއަށް ލޭންޑު ކުރާގޮތަށް އޮތީ 18:30 ގައެވެ. އެއަށްފަހު އިޓަލީގެ ރޯމްގެ ލިއޮނާޑޯ ޑާވިންޗީ އެއާޕޯޓަށް ދެވޭނެ ތާރީހެއްކަމަށް އޮތީ މާދަމާގެ 11:45 ގައެވެ.

އުސޫލަށް ބަލާއިރު ޕޮޒިޓިވް ކޭސް ފެންނަ ދުވަހުން ފެށިގެން، ކޮންޓެކްޓެއް 14 ދުވަހަށް ކަރަންޓީން ކުރަން ޖެހެއެވެ. އެހެން ނަމަވެސް، ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 14 ދުވަސް ކިރިޔާ ހަމަވަނީ މާދަމާއަށެވެ. އެއީ ކަރަންޓީން ކުރި ދުވަސް ހިމަނައިގެންނެވެ. އެހެން ކަމުން މިކަމުގައި ސުވާލު އުފެދޭ އަދި ސުވާލު އުފައްދަންޖެހޭ ކަންތަކެއް ވެސް އެބަހުއްޓެވެ. 

އިތުބާރު ހުރި މަސްދަރަކުން “ސަންގު” އަށް ބުނެފައިވަނީ މިއީ އިދާރީ ގޮތުން ދިމާވީ މައްސަލައެއް ކަމަށެވެ. އަދި މިކަން ދިމާވީ ޑޮކިއުމެންޓުތަކެއްގައި ނުބައި ތާރީހެއް ޖެހުމުގެ ސަބަބުން ކަމަށެވެ. ސާފާރީ މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ 13 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ދުވަސް ގުނަން ޖެހޭ ތާރީހަކީ އެއީ އެއް ނޫނެވެ. ކަރަންޓީންގެ މުއްދަތު ގުނަން ޖެހޭނީ އެ ސާފާރީއިން ދެ މީހަކު ޕޮޒިޓިވް ވީކަން ކަށަވަރު ވާ ދުވަހުން ފެށިގެންނެވެ. އެހެން ކަމުން އެ ދުވަސް ފުރިހަމަވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ. އެއީ މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހެވެ.

އެހެންކަމުން މިއީ ބަލަން ޖެހޭ މައްސަލައެކެވެ. އިހުމާލެއް އޮތްއިރު، މިއީ ކާކުގެ އިހުމާލެއްތޯ ވެސް ބަލަން ޖެހެއެވެ. މިއީ ކުޑަ ކަމެއް ނޫެނެވެ. 

ުއައިލޭންޑް ސަފާރީއިން މީގެ ކުރިން ދެ މީހަކު ޕޮޒިޓިވް ވި، އީޓަލީ ދެ މީހުންނަކީ ދެ ކްލޯޒް ކޮންޓެކްޓުން

ރާއްޖޭގައި ސަފާރީއަކުން ބަލި ފެނުމުން އޭގައި ތިބި އެންމެން ކަރަންޓީނު ކުރަން ނިންމިކަން ފާހަގަ ކުރައްވާ ޕްރެސްގައި ބައިވެރިވީ ޑޮކްޓަރު ވިދާޅިވީ ވިދާޅުވީ 14 ދުވަހަށްފަހު އަލާމާތެއްގެ ރިޕޯޓު ނެތްނަމަ ދޫކޮށްލާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓެސްޓު ހެދީ ރާއްޖޭގެ ކޮންޓެކްސްޓަށްބަލާ ބައެއް ކަހަލަ ޑިސިޝަން ނެގުމަށް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ޑެޒިޝަން ނަގަން އެވިޑެންސް އެއްގެ ގޮތުގައި ކަމާށެވެ. އެއީ ކަރަންޓީނުކުރާ މީހުން ޕޮޒިޓިވް ވާ މިންވަރު ބެލުމަށް ކަމަށް ވިދާޅުވިއެވެ..

ރާއްޖެއިިން އެންމެ ފުރަތަމަ ކޮރޯނާވައިރަހުގެ ކޭސް އެއް ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ މީހަކު އެނބުރި ގައުމަށް ދިޔަ ފަހުން، އޭނާ ބައްޔަށް ޕޮޒިޓިވްވިކަން ފާހަގަ ވެގެން ޓެސްޓް ކުރުމުންނެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހުގެ 14 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އަށް މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި 10 ދުވަަހަށް ފަހު ފެނުނު ކޭސްއަކީ ރާއްޖެއިން ބޭރުން އައި ދިވެއްސެކެވެ. އެއީ، މިމަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދޫކުރުން ރޭގެ މެންދަމު 12:00 އިން ފެށިގެން ހުއްޓާލާފައިވާއިރު އޭގެ ކުރިން ރާއްޖެ އައިސްފައިވާ ފަތުރުވެރިންނަށް ރާއްޖެ ދޫކޮށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު އެވެ.

މާލެއިން އިޓަލީއަށް ފުރި ފްލައިޓު ޓްރާންސްފާއަށް މޮސްކޯއަށް ޖެއްސީ އިރުއޮއްސި 18:30 ގައި

ސަންގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެއިން ފުރިފަހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި އިޓަލީ ދެ ފަތުރުވެރިން ފުރުވާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އަދި ސާޕަލްތަކުގެ ނަތީޖާ ނެގުމާއި ހާމަކުރުމުގައި ސަރުކާރުގެ އިހުމާލެއް އޮތްކަން ސާފުވެއެވެ. އެހެން ކަމުން މި ބައްޔަކީ އެހެން ގައުމުތަކަށް ވެސް މީގެ ނުރައްކާ އޮތް ބައްޔަކަށް ވާތީ ސަރުކާރުގެ ތެރެއިން ޕޮޒިޓިވް ވީ މީހުން ފުރުވާލުމުގައި އިހުމާލުވީ މީހުންގެ މައްސަލަ ބަލަން ޖެހޭނެއެވެ.

‏އެހެން ކަމުން މި ބައްޔަކީ އެހެން ގައުމުތަކަށް ވެސް މީގެ ނުރައްކާ އޮތް ބައްޔަކަށް ވާތީ ސަރުކާރުގެ ތެރެއިން ޕޮޒިޓިވް ވީ މީހުން ފުރުވާލުމުގައި އިހުމާލުވީ މީހުންގެ މައްސަލަ ބަލަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: