ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮޗިންއިން އެނބުރި އައި މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނި ޓެސްޓު ކުރަނީ

އައްޑޫގައި ކޮޗިންއިން އެނބުރި އައި މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނި ޓެސްޓު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮޗިންގައި ހުރުމަށްފަހު އައްޑޫ ސިޓީއަށް ދިޔަ ދިވެއްސެއްގެ ފަރާތުން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން ކަަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި ޓްރެވެލް ރެސްޓްރިކްޝަން ނެރެފައިވާ ގައުމުތަކަށް އެކަންޏެވެ. އެހެން ނަމަވެސް ފާއިތުވީ ދުވަސްތަކުގައި ބޭރުގެ ގިނަ ގައުމުތަކުގައި ދިރިއުޅެމުން އައި ދިވެހިން ވަނީ އެނބުރި އަންނަން ފެށުމާއި، ގުޅިގެން އެ ގޮތަށް ނިންމީއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ގައިން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގާފައިވެއެވެ. މިހާތަނަށް ނެގި ސާމްޕަލްތަކުން ޔޫކޭގައި އުޅެފައި އައި ދެ ދިވެއްސަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް ކަރަންޓީން ކުރާ ގޮތަށް ނިންމީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެހެން ކަމުން، އޭގެ ކުރިން ޓްރެވެލް ރިސްޓްރިކްޝަންއެއް ނެތް ގައުމަކުން އައި މީހެއް ނަމަ ހުންނަންޖެހޭނީ ހޯމް އައިސޮލޭޝަންގައެވެ. އަދި ކުރިޔާވެސް ކަމެއް ފާހަގަވާނަމަ ރިޕޯޓު ކުރަންޖެހޭނެއެވެ.

ކޮރޯނާއާއި ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އައްޑޫ ސިޓީގެ އެމީހާ ޝައްކުވާ އަލާމާތްތަކެއް ހުރުމުން އައްޑޫ ހޮސްޕިޓަލަށް ދިޔައީ އަމިއްލައިން ކަމަށެވެ. އޭނާ ދިޔައީ އެކުއަޓޯރިއަލް ހޮސްޕިޓަލްގެ އީއާރްއަށް ކަމަށާއި އޭރު އެތަނުގައި ތިބި ނަރުހުންނާއި ޑޮކްރުން އެޓެންޑުވީ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން އެޓެންޑުވީ ޕްރޮޓެކްޓިވް ގިއާރގައި ނޫން ކަމުން އެ މީހުން މިވަގުތު އައިސޮލޭޓުވުމަށް އަންގާފައިވާ ކަމަށެވެ. މަބްެރޫކް ވިދާޅުވީ އެ މީހުން އެކަހެރިވުމަށް އަންގާފައިވަނީ ދިވެހި މީހާގެ ސާމްޕަލްގެ ނަތީޖާ ލިބެންދެން ކަމަށެވެ.

މީގެކުރިން ވެސް އައްޑޫ ސިޓީއަށް ކޮޗިންއިން އައި ކުޑަކުއްޖެގެ ފަރާތުން ވެސް ބަލީގެ އަލާމާތްތަކެއް ފެނިގެން ގެ ލޮކްކުރިއެވެ. އެ ކުއްޖާގެ ނަތީޖާތައް ނެގެޓިވެއެވެ.

މިހާތަނަށް ރާއްޖޭގައި ޔޫކޭއިން އެނބުރި އައި ދެ ދިވެއްސަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ އެމީހުން ރާއްޖެއަށް އައި ގޮތަށް ވެސް ތިބީ އެކަހެރިކޮށް ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: