ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ 2.5 އަހަރުގެ ތެރޭ 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ކުރިޔަށް ގެންދިޔަ ޑްރަގް ނައްތާލުމުގެ އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑްސް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ 2019 އިން 2023 އަށް އަތުލެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރު ކަމަށެވެ.

އެގޮތުން 2024 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 147 މައްސަލައެއްގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު 116 މައްސަލައެއްގައި އަތުލައިގެންފައިވަނީ 247 ކިލޯގެ މަސްތުވާތަކެއްޗެވެ.

މިދިޔަ 2.5 އަހަރު މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު %27 އިތުރުކަން ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަން %31 އިތުރު ކަމަށްވެސް ފާހަގަކުރެވެއެވެ.

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ އެންމެ ޒަމާނީ ސްކޭންކުރުމުގެ މެޝިނެއް ވެސް ގާއިމްކޮށްފައެވެ. އަދި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ އުޅަނދުފަހަރު ބެލުމަށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: