ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުން ޓޯލް ފީ ނެގުމުގެ ވިސްނުމެއް ނެތް!

ތިލަމާލެ ބްރިޖު މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށްޓަކައި ކުރިއަށްދާ ’ތިލަމާލެ ބްރިޖު‘ މަޝްރޫޢަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައެކެވެ. މި ބްރިޖު ނިމުމުން އެތަނުން ދަތުރުކުރާ އުޅަނދުތަކުން ’ޓޯލް ފީ‘ ނުވަތަ ދަތުރުކުރާ ފީއެއް ނަގާނެތޯ އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަމާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތު ސާފުކޮށް ހާމަކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖުން ޓޯލް ފީ ނެގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް ފެންވަރެއްގައި މަޝްވަރާ ކުރެވިފައި ނުވާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ކުރީގެ ސަރުކާރުގައި ސިނަމާލެ ބްރިޖު އެޅިއިރު، އެ ބްރިޖުން ފީ ނެގުމާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އެކަމުގެ ތަފްސީލުތައް ދެއްވާފައެވެ. ނަމަވެސް، އެކި ސަބަބުތަކަށްޓަކައި ސިނަމާލެ ބްރިޖުން ވެސް ފީ ނުނެގުމަށް އޭރު ނިންމެވީއެވެ. މި ނިންމުން މިދިޔަ ސަރުކާރުން ވެސް ދެމެހެއްޓި އިރު، މިހާރުގެ ސަރުކާރުން ވެސް އަމަލުކުރަމުންދަނީ އެ އުސޫލުންނެވެ.

ބްރިޖު ފީއާ ގުޅޭގޮތުން ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކުރެއެވެ. ޚާއްޞަކޮށް ރާއްޖޭގެ މިހާރުގެ އިޤްތިސާދީ ހާލަތަށް ބަލާއިރު، އިތުރު ފީއެއް ނެގުމަކީ އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެންދާނެ ކަމެކެވެ. ރައީސް ވިދާޅުވެފައިވަނީ އިޤްތިސާދީ ހާލަތު ރަނގަޅުވުމުން ނޫނީ އެފަދަ ފީއެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެއްވެސް ކަހަލަ ދިރާސާއެއް ވެސް މިކަމާ ގުޅޭގޮތުން ހަދަމުން ނުދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރަށް އަންނާނެ ބޮޑު ބަދަލެކެވެ. މި ބްރިޖުން ފީ ނުނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ، އަދި އިޤްތިސާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެ ނިންމުމެކެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ މި މަޝްރޫޢު ނިމުމުން، މާލެއާއި އަތޮޅުތަކުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: