މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފިއެވެ.
އެ ފޮތްތަކަކީ ޒަކާތާއި އަޤީދާ، ޒަކާތާއި ޞަދަޤާތްދިނުމާމެދު ބާރުއަޅުއްވާފައިވާ މިންވަރު، ޒަކާތާއި ޞަދަޤާތްދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް، އަދި ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ. މީގެ އިތުރުން، ”ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް“، މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސަށް ވަނީ އަރުވައިފައެވެ.
ނުވަ އަހަރަށް ފަހު މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

