ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރުމަށް ފައިސަލްގެ ޝައުގުވެރިކަން!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް އެމްޑީޕީގެ ސަރުކާރުގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުންނެވިކަން ފާޅުކުރައްވާފައެވެ. ފައިސަލް ވިދާޅުވީ ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް ހުރި ކަމަށާއި އަދި އެ ޝައުގުވެރިކަން ފައިސަލްގެ ނެތް ކަމަށް ބުނިނަމަވެސް އެކަން ގަބޫލުނުކުރާނެ މީހުންވެސް ތިބޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންގެ ކައިރީގައި ދައްކާ ވާހަކަތައް އެ މީހުންނަށް ފުއްދައިދެވޭނެ ގޮތަކީ ކޮބައިކަން ބަލަންޖެހޭ ކަމަށެވެ. މީގެކުރިންވެސް ދައުރު ފުރިހަމަކޮށް ނިންމުމަށްފަހުވެސް، ދެވަނަ ދައުރެއްގެ މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވެފައި ހުންނެވި ކަމަށް ފައިސަލް ވިދާޅުވިއެވެ.

”އަޅުގަނޑުވެސް އެ އުންމީދު އެބައޮތް. އެ ޝައުގުވެރިކަންވެސް އެބައޮތް. އެހެންބޭފުޅުން އަރިހުގައި އެވާހަކަ ދައްކާގޮތަށް އަޅުގަނޑާއިވެސް އެ ވާހަކަދައްކާ ބޭފުޅުން އެބަ ތިއްބެވި“

ފައިސަލް ވިދާޅުވީ މިގައުމަށް ހެޔޮ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އަންނަން ޖެހޭ ބަދަލުތަކާއި، ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ފަސޭހަ ގޮތްތަކެއް ވެސް އަންނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ އެމްޑީޕީގެ ތެރެއިންވެސް ޕާޓީއަށް ވެރިކަން ލިބެން ނުވަތަ 2028 ކާމިޔާބުކުރެވެން އޮތް ނަމަ އެގޮތްތަކެއް ބަލަން ޖެހޭ ކަމަށެވެ.

ފައިސަލް ފާހަގަކުރެއްވީ މިއަދު ރާއްޖޭގައި 100 ޕަސެންޓު ރައްޔިތުން ރުހޭނެ މީހެއް ނުހުންނާނެ ކަމަށާއި އަދި އެންމެނަށް ވެސް ގޮންޖެހުން ހުންނާނެ ކަމަށެވެ. އެމްޑީޕީއަށް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން މުހިންމުކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ހެވަށް މަސައްކަތް ކުރުމަށް ޓަކައި އެހެން މީހުންގެ ފަހަތަށް އަރަން ޖެހޭ ހާލަތުގައިވެސް އަރުއްވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: