ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީ، ކުރީ ސަރުކާރުގެ މަޝްރޫއުތަކާ ހެދި: މުއްތަލިބު

ނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ހެދި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލު ޖަވާބުދެއްވަމުންނެވެ. މިގޮތުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބޭނުންވާ ބާރުމިނުގައި މަޝްރޫއުތައް ކުރިއަށް ނުދާކަން ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ވަކި މަޝްރޫއުތަކަކަށް ވައުދުވެގެންކަމަށާއި އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވީ ކުރީ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތައްވެސް ކުރިއަށް ގެންދަން ކަމަށެވެ.

”ރައީސްގެ ޑިސިޝަނަކަށް ވީ ކުރީ ސަރުކާރުގައި ސޮއިކޮށްފައި ހުރި މަޝްރޫއުތަކެއް ވިޔަސް ކުރިއަށް ގެންގޮސްފައި އަޅުގަނޑުމެންގެ އެޖެންޑާ ވެސް ކުރިއަށް ގެންދަން. މި ދައްކަނީ ވަރަށް ހައްސާސް ކަމެއްގެ ވާހަކަ. ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި ހުރިހާ މަޝްރޫއަކާ މި ސަރުކާރުގެ އެޖެންޑާވެސް ކުރިއަށް ގެންދިއުން.“

މިނިސްޓަރ ވިދާޅުވީ، ދެ ކަންތައް ކުރިއަށް ގެންދަން ޖެހެނީ ވިސްނުންތެރިކަމާއެކު ކަމަށާއި، އެއާއެކު މަޝްރޫއުތަކުގައި ލަސްކަން އަދި މައްސަލަތައް ވެސް އުޅެދާނެ ކަމަށެވެ. މިނިސްޓަރު ތަކުރާރުކުރެއްވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވިޔަސް މަޝްރޫއެއް ފަށާފައިވާނަމަ އެ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ އެޖެންޑާގެ ތެރެއިން ކުރީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ބައެއް ދަތިތަކާ ކުރިމަތިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: