ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިއްކާ ފަރާތްތައް ހުއްޓުވައި ބާޒާރުމަތީގެ ބައެއް ސަރަހައްދުތައް ސާފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ބާޒާރުމަތީގެ ޕޭވްމަންޓްމަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރުން ހުއްޓުވުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި މަސައްކަތުގެ ދަށުން ވަނީ ވަދުފޮށި ކަންމައްޗާއި ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްގައި ބަހައްޓާފައި ހުރި މުދަލާއި އެ ސަރަހައްދުގައި ހުރި ކުނިތައް ނަގައި ސާފުކޮށްފައެވެ. މީގެ އިތުރުން، އާބުރުޒު މަގު ފުއްކަފަ ގޯޅި ކަންމަތިން ވެސް ގިނަ އަދަދެއްގެ ކުނި ނަގައި، އެ ސަރަހައްދު ވަނީ ތަރުތީބުކޮށްފައެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގެ ތަރުތީބު ހިފެހެއްޓުމާއި، ޕޭވްމަންޓްތަކުގައި މުދާ ބެހެއްޓުމުގެ ސަބަބުން ހިނގައިބިނގައިވެ އުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. ގިނަ ފަހަރަށް ޕޭވްމަންޓްތަކުގައި މުދާ ބެހެއްޓުމުގެ ސަބަބުން އާންމުންނަށް މަގުމަތިން ހިނގަން މަޖުބޫރުވެ، ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މާލޭގެ މަގުތަކަކީ އާންމުންނަށް އުނދަގޫނުވާނެ ފަދަ އަމާން އަދި ސާފު ތަންތަނަށް ހެދުމަށްޓަކައި ސިލްސިލާކޮށް މިފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ހުރިހާ ވިޔަފާރިވެރިންނަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: