ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރު މުއްތަލިބަށް ކުރެވުނުހާވެސް ކަމަކީ ފިޔޯރީގައި 25 ވަޒީފާ އުފެއްދުން: ފިޔޯރީ ކައުންސިލުގެ ކުރީގެ ރައީސް

ފިޔޯރީ ކައުންސިލުގެ ކުރީގެ ރައީސް ފައިޒަރު ރަޝީދު (ވ) އަދި މިނިސްޓަރު މުއްތަލިބު (ކ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރު އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ހެއްދެވީ އިތުރުފުޅެއް ކަމަށް ފިޔޯރީ ކައުންސިލުގެ ކުރީގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.

ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްތަލިބު ވިދާޅުވީ، ގދ. ފިޔޯރީ އާއި ގދ. ފަރެސްމާތޮޑާގެ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލުތައް ދެއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފު ރަޝީދު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަތުމުންނެވެ.

ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، އެ ދެ ރަށުގައި ވެސް މަސައްކަތުގެ ސައިޓް ސާފުކޮށް އަމަލީ މަސައްކަތް ފެށުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އާރްޑީސީއަށް މެޝިނަރީ ހޯދައިގެން އެއަށް މުވައްޒަފުން ޓްރެއިންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައިޓު ހަދައިގެން ކާސްޓިންގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން އަވަސްކުރަން އާރްޑީސީއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފިޔޯރީ ކައުންސިލުގެ ކުރީގެ ރައީސް ފައިޒަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޑީސީއާ ހަވާލުކުރި ފިޔޯރީގެ ކުނިމެނޭޖްކުރާ ސެންޓަރު އަދި މަގު ހެދުމުގެ ޕްރޮޖެކްޓް ހަވާލުކުރީ އޭނާ ކައުންސިލްގެ ރައީސްކަމުގައި ހުންނަވަނިކޮށް ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ސައިޓާއި، ކުނި މެނޭޖްކުރާ ސެންޓަރުގެ ބިން ކަނޑައަޅައި ހަވާލުކުރީ އޭނާ ކަމަށް ވިދާޅުވިއެވެ.

”އިއްޒަތްތެރި ބޮޑުވަޒީރެވެ. މަނިކުފާން މަޖިލީސް އިދާރާގައި މި ވާހަކަފުޅު ދެއްކެވިއިރު މިހެއްދެވެނީ މުރުތައްދުވާވަރުގެ ދޮގެއްކަން ކަޑައެޅިގެން އެނގިލައްވާނެވެ. އެވަރު އެނގިހުރެ ތިވަރުގެ ދޮގުތައް ހަދަން މަނިކުފާނަށް ކެރިވަޑައިގަތުމަކީ ހާދަހާވާ ދެރަކަމެކެވެ.“ ފައިޒަރު 

ފައިޒަރު ވިދާޅުވީ، މަޖިލީހުގައި ލައިވްކޮށް ދައްކަމުން ދަނިކޮށް މުއްތަލިބު ހެއްދެވީ ބޮޑު އިތުރުފުޅެއް ކަމަށާއި އޭނާ ކައުންސިލުގެ ރައީސްކަމުގައި ހުންނެވިއިރު، ބިން ހަވާލުކުރި ގޮަތަށް އަދިވެސް އެ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.

މުއްތަލިބަށް މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ އޭނާގެ ކޮއްކޯފުޅަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް އާރްޑީސީން ފިޔޯރީގެ 25 މީހަކަށް ވަޒީފާ ހަމަޖައްސައިދިނުން އެކަނި ކަމަށް ފައިޒަރު ވިދާޅުވިއެވެ.

”އަހަރެންގެ ކައުންސިލްގެ ރައީސްކަމުގައި ބިންތައް ކަނޑައެޅި ގޮތަށް މިއަދާ ހަމައަށް ވެސް އިތުރު އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. ކުރެވުނުހާވެސް ކަމަކީ މަނިކުފާންގެ ކޮއްކޮއަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް އާރުޑީސީ ނަމުގައި ފިޔޯރީ 25 ވަރަކަށް މުއައްޒަފުންނަށް ވަޒީފާ ހަމަޖައްސަވާދެއްވުން ނޫން ކަމެއް ނެތެވެ. ކޮންމެ މަގުސަދެއް ހާސިލްކުރަން ނަމަވެސް އެ 25 މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ މަނިކުފާން ކުރެއްވި ރަނގަޅު ކަމެކެވެ. އިތުރު ކަމެއް މިއަދާ ހަމައަށް އާރުޑީސީއަކުން ފިޔޯރީގައި ވެފައެއް ނެތެވެ.“ ފައިޒަރު

ފިޔޯރީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 71 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހިމް ނަޒީމެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: