ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން 65 އިންޗީގެ ޓީވީއެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިިރާގުން ކުރިއަށްގެންދާ ފޯރި ލަކީ ޑްރޯ ނިމުމާ ގާތްވެފައިވާއިރު މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވިފައެވެ.

ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބަރ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

އެގޮތުން، މި ޕްރޮމޯޝަންގެ ދަށުން ފުޓްބޯޅަ މޫސުމުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

  • 32ވަނަ ރައުންޑް: 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ
  • 16ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ޓިއުން 730ބީޓީ ހެޑްފޯން
  • ކުއާޓަރ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ކްލިޕް 5 ސްޕީކަރ
  • ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން
  • ފައިނަލް: 1 ނަސީބުވެރިއަކަށް 65 އިންޗީގެ ޓީ.ސީ.އެލް 4ކޭ ސްމާޓް ޓީވީ

މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ދިރާގު އެޕްގައިވާ ”ޖެހީ ލިބުނީ“ އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އައު ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓަރއެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއް ނެތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި، ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް ”ފޯރި ލަކީ ޑްރޯ“ ގައި ބައިވެރިވެވޭނެއެވެ.

ފޯރި ލަކީޑްރޯއާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ދިރާގުން ދަނީ މިފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މިކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: