ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ޖަލްސާތައް ބޭއްވެނީ އެމްޑީޕީގެ 13 މެމްބަރުން ކުރާ މަސައްކަތުން، އެހެންނޫންނަމަ އެޖެންޑާއެއް ވެސް ނޯންނާނެ: ނާޒިލް

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް -
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ބޭއްވެނީ އެމްޑީޕީގެ 13 މެމްބަރުން ކުރައްވާ މަސައްކަތުން ކަމަށާއި އެހެންނޫން ނަމަ މަޖިލީހުގައި ޖަލްސާއެއް ބާއްވާނެ އެޖެންޑާއެއް ވެސް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގެ ނަތީޖާއަކަށް ރައްޔިތުން ދެއްވާފައިވަނީ ”އޭ“އާއި ”އޭ ޕްލަސް“ ކަމަށެވެ. ނަމަވެސް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ ނެރެފިއްޔާ ނިންމާލަން ޖެހޭނީ ”ސީ ޕްލަސް ޕްލަސް“ ހިސާބުން ކަމަށް ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ތިން ހަފުތާގައި މަޖިލީހުގައި އެޖެންޑާކޮށްފައިވަނީ އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރި ސުވާލުތައް ކަމަށާއި އިތުރު އެހެން މަސައްކަތެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ނެތް ނަމަ ޖަލްސާތައް ބާއްވާނެ އެޖެންޑާއެއް ވެސް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިިދިޔަ ތިން ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރެވުނީ އެމްޑީޕީގެ މެމްބަރުން ވަޒީރުންނާ ކުރި ސުވާލުތައް. އިތުރު އެހެން ކަމެއް ނެތް. މަޖިލިސް ބޭއްވެނީ އަޅުގަނޑުމެން އެމްޑީޕީގެ 13 މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތުން ހަގީގަތުގައި. އެހެންނޫންނަމަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތަކެއް ބާއްވާނެ އެޖެންޑާއެއް މި ބޭފުޅުންނަކަށް ނުލިބޭނެ،“ ނާޒިލް ވިދާޅުވިއެވެ.

ސަރުކާރުން ކުރަމުންދާ ހަަރަދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، ގައުމުގެ ހާލަތު މިހެން އޮއްވައި އެމްޑީޕީގެ ސަރުކާރަކުން ރަސްމާލެ މަޝްރޫއު ފަދަ މަޝްރޫއެއް ނުހިންގާނެ ކަމަށެވެ. އެތަނަށް ވެލި އަޅަން އެކަނި 250 މިލިއަން ޑޮލަރު އަދި ވަށައި ބޮޑު ހިލަޖަހަން 100 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، އިގްތިސާދު ގޯސްވެފައި އޮއްވާ އެމްޑީޕީގެ ސަރުކާރަކުން ޑްރޯން އާއި ބަރު ހަތިޔާރު ގަތުމާއި ޑްރޯން ޝޯ ބާއްވަން ބޮޑެތި ހަރަދުތައް ކުރުން ފަދަ ކަންކަން ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރަށް ރާއްޖެއިން ބޭރުން ޑޮލަރު ނުގެނެވޭއިރު ބައިތުލްމާލުގައި ހުރި ފައިސާކޮޅު ނަގާ ވެއްޔަށް ހަދައި ކަނޑަށް އަޅައި ހުސްކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މި ނާގާބިލު ސަރުކާރުން އެންމެ ޑޮލަރެއް ވެސް ރާއްޖެއިން ބޭރުން ނުހޯދުނު ސަރުކާރެއް މިއީ. މިތަނުގައި ބައިތުލްމާލުގައި ހުރި ފައިސާކޮޅު ނަގާ ވެއްޔަށް ހަދައި ކަނޑަށް އަޅައި ހުސްކޮށްލަނީ. މީގެ ކޮންމެ ކޮންމެ ބޯޓަކަށް ދުވާލެއްގެ މައްޗަށް ކޮންމެ ބޯޓަކަށް ދެ ލައްކަ ޑޮލަރު ދޭން ޖެހޭ. ދެ ބޯޓު އެބަ އޮވޭ. ހަތަރު ލައްކަ ޑޮލަރު ދުވާލަކަށް ދޭން ޖެހޭ.“ ނާޒިލް ވިދާޅުވިއެވެ.

މި މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެ ޕާޓީން ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުން ވަޒީރުންނާ ސުވާލުކުރަން 100އަށް ވުރެ ގިނަ ސުވާލު ހުށަހަޅާފައިވާއިރު، ރިޔާސަތުން ވަޒީރުން ހާޒިރުނުކުރާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް 20،000ރ. ލިބޭއިރު، އަދި ކޮމިޓީތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުރި އިރު، ކޮމިޓީތައް ނުބޭއްވޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: