ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި

ދިރާގުގެ ސީއީއޯގެ މަގާމު އަދާކުރެއްވި އިސްމާއިލް ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގަށް 38 އަހަރު ހިދުމަތްކުރެއްވުމަށްފަހު އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އިއްޔެ ރިޓަޔަރާކުރައްވައިފިއެވެ.

ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި، ރިޓަޔާކުރެއްވުމާ ގުޅިގެން ދިރާގުގެ އެންމެހާ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގަކީ ރާއްޖޭގެ ހުރިހާ ރަށަކާއި ގޭބިސީތަކާއި ރިސޯޓުތަކަށް ހިދުމަތް ދެމުންދާ، އެންމެ ރަނގަޅު ނަތީޖާ ނެރެމުންދާ ދާއިރާގައި އެންމެ ކުރީގައި އޮތް ކުންފުނި ކަމަށެވެ.

ރާއްޖޭގެ މުއާސަލާތީ ދާއިރާގެ އިންފްރާސްޓްރަކްޗާ ގާއިމްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އިސްމާއިލް ދިރާގާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރުއެވެ.

އިސްމާއިލް ރަޝީދު އެ ކުންފުނީގައި ގާތްގަނޑަކަށް 38 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާއިރު ސީއީއޯގެ މަގާމު އޭނާ 11 އަހަރު ވަންދެން އަދާކުރެއްވިއެވެ. 2015 ވަނަ އަހަރު ކުންފުނީގެ ސީއީއޯގެ މަގާމަށް ވަޑައިގެން އޭނާގެ ބެއްލެވުމުގެ ދަށުން ކުންފުންޏަށް މުހިންމު ކުރިއެރުންތަކެއް ވެސް ވަނީ ހޯއްދަވައިދެއްވައިފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވައިދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި ރާއްޖޭގައި ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފްކުރުމާއި ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުމާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ގާއިމްކުރުމާއި ދިރާގުގެ އެހެން ބޮޑެތި މަޝްރޫއުތަކުގައި ވެސް އިސްމާއިލް ރަޝީދު އިސް ދައުރެއް އަދާކުރެއްވިއެވެ.

އޭގެ އިތުރުން، 2011 ވަނަ އަހަރު ދިރާގުން ބޭއްވި އައިޕީއޯގައި ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް އޮފަރިން މާކެޓްކޮށް، މެނޭޖް ކުރުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

އިސްމާއިލް ރަޝީދު ރިޓަޔާކުރެއްވުމުން، ދިރާގުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސްގެ ތަޖުރިބާކާރެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒްއެވެ. ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ފެރަޑާޒްއަކީ އެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

ދިރާގުގެ ސީއީއޯގެ މަގާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮން އިން އައްޔަނުކުރާ މަގާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: