ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެވީ ލޯޑު ކުންފުންޏަށް ދޫކުރި ބިމެއް ހަވާލުނުކޮށް 17 އަހަރު، ކުލީގެ ގޮތުގައި 4 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި!

ތިލަފުށި.-- ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކްގެ ހެވީ ލޯޑު ކުންފުންޏަށް މީގެ 18 އަހަރު ކުރިން ތިލަފުށިން ދޫކުރި ބިމަކަށް ނުދައްކައި ހުރި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައަކީ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތިލަފުށީގެ 30،000 އަކަފޫޓުގެ ބިމެއް ވަގުތީ ގޮތުން ކުއްޔަށް ދޫކުރުމަށް ޓަކައި ކުރީގެ މާލޭ މުނިސިޕަލްޓީގެ ދަށުން ހިންގި ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި ހެވީ ލޯޑް ކުންފުންޏާ ދެމެދު 2008 ވަނަ އަހަރު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކުލީގެ ފައިސާ ނުދައްކާތީ އާއި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް ބިން ހުސްކޮށް އެޗްޑީސީއާ ހަވާލުކޮށްފައިނުވާތީ އެޗްޑީސީން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ދައުވާ އުފުލި މައްސަލައެކެވެ.

އެ ދައުވާގައި އެދިފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން ހެވީ ލޯޑު ކުންފުންޏަށް އެންގުމަށާއި އެ ކުންފުންޏަށް ދޫކުރި ބިން ހުސްކޮށް އަނބުރާ އެޗްޑީސީއާ ހަވާލުކުރުމަށް އެންގުމަށެވެ. އަދި އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން އެޗްޑީސީއަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމަށް ހެވީ ލޯޑު ކުންފުނިން ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހެވީ ލޯޑު ކުންފުންޏަށް އެ ބިން ކުއްޔަށް ދީފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ބިން ކުއްޔަށް ދީފައިވަނީ 1 މެއި 2008 އިން ފެށިގެން 31 ޖުލައި 2009ގެ ނިޔަލަށެވެ. އެ ބިން ކުއްޔަށް ދިނީ ކޮންމެ އަކަފޫޓަކަށް އެއް ރުފިޔާގެ ރޭޓުން މަހަކު 30،000 ރުފިޔާ ދައްކަންޖެހޭ ގޮތަށެވެ.

ހެވީ ލޯޑު ކުންފުންޏަށް ދައުވާގެ ދިފާއު ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް މުއްދަތުގެ ތެރޭގައި ދިފާއު ހުށަހަޅާފައިނުވާތީ ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް މައްސަލަ ނިންމަވާފައިވަނީ އެޗްޑީސީން އެދުނު ގޮތަށް ހެވީ ލޯޑު ކުންފުނީގެ ޣައިރުހާޒިރުގައެވެ.

އެގޮތުން ކުލީގެ އެއްބަސްވުމުގެ ދަށުން މި އަހަރުގެ މެއި 6 ވަނަ ދުވަހުގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 4،515،074 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި އަންގާފައިވެއެވެ. އެ ފައިސާގެ ތެރެއިން 413،300 ރުފިޔާ އަކީ ކުލި ނުދެއްކުމުން އެރި ޖޫރިމަނާއެވެ.

އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށާއި، 30 ދުވަހުގެ ތެރޭގައި ބިން އެޗްޑީސީއާ ހަވާލުކުރުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެތައް އަހަރެއް ވެފައިވާއިރު، 2025 ވަނަ އަހަރު އެކަމާ ގުޅިގެން އެ ކުންފުންޏާއެކު ސިޓީބިޓީ ބަދަލުކުރި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީން ދައުވާކުރަން ނިންމީ، އެ ސިޓީތަކުގައި ފައިސާ ދެއްކުމަށް ހެވީ ލޯޑުން އެއްބަސްވެ، ފައިސާ ދައްކުމުގެ މުއްދަތު އިތުރުކުރަން އެދުމުން އެ ފުރުސަތު ވެސް ދިން ނަމަވެސް ފައިސާ ދައްކާފައި ނުވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: