ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދެއް ނުކުރަން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ބަރުލަމާނީ ނިޒާމަކަށް ތައްޔާރުވެފައި އޮތް ގައުމެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭގޮތުން، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ވެރިކަން ހިންގުމުގެ ބާރުތައް ބެހިފައި އޮތުމުގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތެއްގެ އެގްޒެކެޓިވް ބާރު ނުވަތަ ވެރިކަން ހިންގުމުގެ އެންމެ އިސް ބާރު އޮންނަންވާނީ އެކެއްގެ އަތްމަތީގައި ކަމަށެވެ. ބޮޑުވަޒީރަކާއި ރައީސަކު ތިއްބަވައިގެން ބާރުތައް ބަހާލައިގެން ވެރިކަން ކުރާ ނިޒާމަކީ ހަރުދަނާ ނިޒާމެއް ނޫންކަމަށް ސިފަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ބޮޑުވަޒީރަކު ހުންނަ ނަމަ ރައީސަކު ހުންނާކަށް ނުޖެހޭނެކަމަށާއި، އަދި ރައީސަކު ހުންނަ ނަމަ ބޮޑުވަޒީރަކު ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ރައީސް ޔާމީން ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ހާލަތެވެ. މަޖިލީހަކީ ވިކޭ ތަނެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަމަލުތައް މިހާތަނަށް ފެނިފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ މަންފާއަށް އިސްކަންދޭ ގޮތަށް ކަމަށެވެ. ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ގައުމުގެ ހައްގުގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި، މެންބަރުންގެ މެދުގައި ފައިސާގެ ނުފޫޒު އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ކުރިން އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި ބޭފުޅެއް ކަމަށެވެ. އެއީ އެ ނިޒާމަކީ ”ތިއޮރެޓިކަލީ“ ނުވަތަ ފޮތްތަކުގައި ލިޔެފައިވާ ގޮތުން ވަރަށް ފުރިހަމަ ނިޒާމަކަށް ވާތީކަމަށް ވިދާޅުވިއެވެ. ނަމަވެސް، ނަމަވެސް މަޖިލީހުގެ ތެރެއަށް ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒު ވަދެ، މެންބަރުން ގަންނަން ފެށި ހިސާބުން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުވީކަމަށް ވިދާޅުވިއެވެ.

އެހެންވީމާ، އެވަރުގެ ނިޒާމެއްގެ ތެރޭގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ. ރާއްޖޭގެ އެންމެ ބޮޑެތި މަސްލަހަތުތައް ހިފަހައްޓައިދެވޭނެ ކަމަކަށް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނަކީ ވެސް މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވުމުން، މަޖިލީހުގެ ތެރޭގައި ކަންކަން ހިނގާ ގޮތް ވަރަށް ގާތުން ފެނިވަޑައިގަތެވެ.

އެހެންކަމުން، ގައުމުގެ ސިޔާދަތާއި މިނިވަންކަމާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު މަޖިލީހަށް ދޫކޮށްލުމަކީ ރާއްޖެއަށް ރައްކާތެރި ގޮތެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: