ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާބު ޢަދަދުތައް ދައްކަނީ އިޤްތިސާދީ ޙާލަތު އޮޅުވާލައި ޑޮލަރާ ގުޅޭގޮތުން އެމްޑީޕީން ދައްކަމުންދާ ވާހަކައާއި މަންޒަރު ދިމާނުވާކަން: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިސާބު ޢަދަދުތައް ދައްކަނީ އިޤްތިސާދީ ޙާލަތު އޮޅުވާލާ ޑޮލަރާއި ގުޅޭގޮތުން އެމްޑީޕީން ދައްކަމުންދާ ވާހަކައާއި މަންޒަރު ދިމާނުވާކަން ކަމުގައި އިޤްތިސާދާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ތަފާސްހިސާބު ޢަދަދުތައް ދައްކަނީ މިކަމުގައި ވެސް އެމްޑީޕީގެ އަޑާއި މަންޒަރު ދިމާނުވާކަން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ސައީދު ވަނީ ރަސްމީ ރޭޓު 15.42ރ. ރޭޓުގައި އެމްޑީޕީ ސަރުކާރާއި މި ސަރުކާރު އަޅާކިޔާލާއިރު، ބޭންކު މެދުވެރިކޮށް ޑޮލަރު ދޫކުރެވުނު ނިސްބަތް އަދި ޢަދަދުތައް މާބޮޑަށް ވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރީގައި އުޅޭކަން ފާހަގަކުރައްވާފައެވެ.

ސައީދު ވަނީ އެކަން ކުރީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނީގެ ބައެއް ކަމުގައިވާ 1.2 ބިލިއަން ޑޮލަރު ވެސް ދައްކާ ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށްފައިކަން ފާހަގަކުރައްވާފައެވެ.

”ހިސާބު ޢަދަދުތައް ދައްކަނީ މިކަމުގައިވެސް އެމްޑީޕީގެ އަޑާއި މަންޒަރު ދިމާނުވާކަން. މިދެންނެވީ، ރަސްމީ ރޭޓު (15.42ގެ ރޭޓުން)، 2 ސަރުކާރު އަޅާކިޔާލާއިރު، ބޭންކު މެދުވެރިކޮށް ޔޫއެސް ޑޮލަރު ދޫކުރެވުނު ނިސްބަތް އަދި ޢަދަދުތައް މާބޮޑަށްވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން (މީގެ ކުރީގެ ސަރުކާރުތަކާއި އަޅާބަލާއިރު) ކުރީގައި އުޅޭކަން. އެއީ އަދި އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނިން ބަޔެއް (1.2 ބިލިއަން ޑޮލަރު) ވެސް ދައްކާ ރާއްޖެ ބަނގުރޫޓު ވުމުން ސަލާމަތްކޮށް! އެއީ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ، ޓީޓީ ކަމުގައިވިޔަސް، ބޭސްފަރުވާ، ދަރިވަރުންނަށް ފޮނުވާފައިސާ، ޙައްޖު ޢުމްރާ އަދި ބޭރަށްފުރާ ފަރާތްތައް ކަމުގައި ވީނަމަވެސް އެކަން އޮތީ ހަމަ މި ދެންނެވި ގޮތަށް،“ ސައީދު

ސައީދު ވަނީ މި ސަރުކާރުން ރައްޔިތުންގެ މިފަދަ ބޭނުންތަކަށް ދޫކުރި ޑޮލަރު މާ ގިނަކަން ފާހަގަކުރައްވާ ރަޢީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ގެންދަވަނީ، އެމްޑީޕީ މި ޤައުމު ވައްޓާލި އިޤްތިޞާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން ކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: