ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށައިފި

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަށައިފިއެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތައް ފެށުނީ ރަށުގެ ބަނދަރު ސަރަޙައްދުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ދުވަހަށް ބަހާލައިގެން ހާއްސަ ހަރަކާތްތަކެއް އުތީމުގައި ކުރިއަށްގެންދާނެއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން މިއަދު ހަވީރު ކުޑަކުދިންނާއި އިސްރަށްވެހިންގެ ހާއްސަ ހަވީރެއް އުތީމުގައި އޮންނާނެއެވެ. އަދި މިރޭ ސަގާފީ އެކި ކުޅިވަރުތަކާއެކު ހަވާ އެރުވުމުގެ ހާއްސަ ހަރަކާތެއް އޮންނާނެއެވެ.

ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ. އެގޮތުން ޣާޒީ ރަދުންގެ ހަނދާންތައް ދިރުވާއާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުގެ ތެރެއިން އުތީމުގައި ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނުގެ ދޮރޯށި ރަސްމީކޮށް ހުޅުވުމާއި، ”ވާހަކަ ވައު“ ހުޅުވުން މާދަމާ އޮންނާނެއެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް އޮންނާނީ މާދަމާ ހެނދުނެވެ. ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މާދަމާ ހެނދުނު އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް އާދިއްތަ ދުވަހުވެސް ސަގާފީ ހަރަކާތްތަކެއް އުތީމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ހާދިސާގެ ހަނދާން އައުކުރުމަށެވެ. ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މާދަމާ ހެނދުނު އުތީމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހުވެސް ސަޤާފީ ޚާއްސަ ހަރަކާތްތަކެއް އުތީމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ޤައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ޤައުމީ ދުވަހުގެ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލުމަހުގެ އެއްވަނަ ދުވަސް ފަހަގަކުރަމުން އަންނަނީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޙާދިސާގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: