ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިކްޓޮކް ކުޅުން ހުއްޓާލައި، ގޯސް ސިޔާސަތުތައް އިސްލާހު ކުރަންޖެހޭ: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، މި ހާލަތު މެދުވެރިވީ ސަރުކާރުގެ ނުބައި ސިޔާސަތުތަކުގެ ސަބަބުންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް އިސްލާހުކޮށް، ގައުމަށް ކުރިމަތިވެފައިވާ މާލީ ބޮޑު ތަދުކަމުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް އިސްކަންދެއްވަން ޖެހޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ހަގީގަތް އޮޅުވާލުމަށްޓަކައި ޓިކްޓޮކް ކުޅުމުގެ ބަދަލުގައި، ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިއަދު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، މި ހާލަތު މެދުވެރިވީ ސަރުކާރުގެ ނުބައި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ހާއްސަކޮށް، ބޭރުގެ މާލީ އިދާރާތަކުން ދަރަނި ރީ ސްޓްރަކްޗަރ ކުރުމަށް އިލްތިމާސް ކުރަމުން ދަނިކޮށް، ރާއްޖޭގެ ރިޒާވްގައި ހުރި އެންމެ ފަހު ފައިސާކޮޅު ދަރަނި ދައްކަން ހުސްކޮށްލުމަކީ ސަރުކާރުން ހެދި ބޮޑު ގޯހެއްކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ބުނަމުން ދިޔައީ ފެހި ސިގްނަލް ލިބިއްޖެ ކަމަށް. އެކަމަކު ފެހިވި އެއްވެސް ސިގްނަލެއް ނެތް. އަތުގައި ހުރި ފައިސާކޮޅު ހުސްކޮށްލުމުން މިއަދު ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އަރައި، ހައިޕާ-އިންފްލޭޝަނެއްގެ ބިރު މިވަނީ ބޮޑުވެފައި

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓި، އުފުލެމުންދާ މިންވަރު އަންދާޒާކުރަން މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ވެސް ނޭނގޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ޑޮލަރުގެ ރޭޓު މިހާރު މިސްރާބު ޖަހާފައިވަނީ 23 ރުފިޔާއަށް ކަމަށެވެ. އަދި ޑޮލަރުގެ ހަގީގީ ހާލަތު އާންމުންނަށް ހާމަކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ތެލާއި، ކާބޯތަކެއްޗާއި، ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް މަހެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ބޭނުންވާއިރު، ޑޮލަރު ލިބުން ދަތިވުމަކީ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެކެވެ. މީގެ ސަބަބުން ރާއްޖެ މިހާރު ދަތުރުކުރަމުންދަނީ ނުރައްކާތެރި ”ހައިޕާ އިންފްލޭޝަން“ އަކާ ދިމާލަށް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 130 އިންސައްތައަށް އަރާފައިވާއިރު، އެ ދަރަނި ރީ ސްޓްރަކްޗާ ކުރުމުގެ އެދެވޭ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ފާޑުކިއުން އަމާޒުކުރައްވައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ޓިކްޓޮކް ކުޅެން ނޫޅުއްވައި އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެއްވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19 ރުފިޔާއަށް ތިރިކުރުމަށްޓަކައި އެމްއެމްއޭއިން ވިޔަފާރި ބޭންކުތަކަށް ޑޮލަރު ދޫކުރުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރާ ގޮތަށް ފޮރެކްސް ގަވާއިދަށް ގެނައި ބަދަލަކީ ޓޫރިޒަމް ސިނާއަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: